April 22, 2026
Advertisement
ވައްޑެ
ވައްޑެ / ތޭރަ އޮންލައިން

ވައްޑެ ބޮޓޭކޯއަށް: މޯޑީ އަތުން ހަރާން ފައިސާ ކައިގެން ދުނިޔެއަށް މޮޔަވަނީތޯ؟

Mariyam Isaadha
މަރިޔަމް އިސާދާ
Aug 9, 2025, 07:23 PM
މާލެ ސިޓީ

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއަށް ރައީސް އަބްދުﷲ ޔާމީން ފައިސާ ދިން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ވިދާޅުވުމާ ގުޅިގެން ޕީއެންއެފްގެ ފައުންޑަރ މެމްބަރ މުހައްމަދު އަހުމަދު ވަހީދު ރައްދު ދެއްވައިފިއެވެ.

Advertisement

ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަކީ ސިޔާސީ މަގްސަދު ހާސިލްކުރުމަށް ރިޝްވަތު ބަހާނެ ބޭފުޅެއް ނޫންކަން އެމަނިކުފާނު އަރިހު އެއްކޮށް މަސައްކަތް ކުރި މީހުންނަށް އެނގޭނެ ކަމަށެވެ.

ވައްޑެ ވިދާޅުވެފައިވަނީ ފަލާހުމެން މޯޑީ އަތުން ހަރާން ފައިސާ ކައިގެން ދުނިޔެއަށް މޮޔަވެފައިވާ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ވައްޑެގެ ރައްދު ފަލާހުއަށް އަމާޒުކޮށްފައިވާއިރު، ފަލާހު ޑިފެންސަށް ކުޅެފައިވަނީ، ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް، ޕީއެންސީގެ ޕީޖީ މެމްބަރުންތަކެއް ވަރަށް އަވަހަށް އެ ޕާޓީދޫކޮށް ނުކިންނާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved