April 26, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު / ސަން އޮންލައިން

މުއިއްޒު އަތޮޅުތެރެއަށް އެ ވަޑައިގަންނަވަނީ ހުސްއަތާ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 11, 2025, 07:30 PM
މާލެ ސިޓީ

މުއިއްޒު އަތޮޅުތެރެއަށް ވަޑައިގަންނަވަނީ ހުސްއަތާކަމަށް ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މުއިއްޒު ބ.އަަތޮޅަށް މިއަދު ކުރައްވާ ދަތުރާއި ގުޅިގެން މަލީހް ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރަށް ރަށުގައި މަޝްރޫއުތައް ހިންގާނެ ފައިސާ ސަރުކާރުގައި ނެތް ކަމަށެވެ.

ކޮންމެ ރަށަކަށް ވަޑައިގެން އެއް ވައުދުތަކެއް ތަކުރާރުކުރާކަން ފާހަގަކުރައްވާ މަލީހް ވިދާޅުވީ ވޯޓު ހޯއްދަވަން މުއިއްޒު ވެ ވަޑައިގަންނަވަނީ ހުސްއަތާ ކަމުގައެވެ.

-
-

މީގެ އިތުރުން، އިންތިޚާބުތަކާއި ދިމާކޮށް ސަރުކާރުން ވޯޓުތައް ގަތުމަށް ކޮރަޕްޝަން ހިންގުމުގެ ރިކޯޑް އޮންނައިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް މުއިއްޫ އަންނަނީ އަތޮޅު ތެރެއަށް ވަޑައިގެން ރައްޔިތުންގެ ލޮލުގައި އަދުން އަޅުވަމުންނެވެ.

މުއިއްޒު އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށް ވިދާޅުވެ މަލީހް ވިދާޅުވީ މުއިއްޒުގެ ދަތުރަށް ހިނގާ ޚަރަދުގެ ފައިސާ ވަގުތުން ހޯދުމަށެވެ. ރައްޔިތުންގެ ފައިސާއިން ދައުލަތް ހިންގަމުންދާ މި ސަރުކާރުން ރައްޔިތުންގެ ލާބައަށް ޚަރަދުކުރާނެ ފައިސާ ނެތް ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved