March 16, 2026
Advertisement
--
-- / އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަނުކުރުމަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވައިފި

Sudha Latheef
ސުދާ ލަތީފް
Aug 12, 2025, 08:13 PM
މާލެ ސިޓީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އައްޔަނުކުރުމަށް ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ.

Advertisement

އެޗްއާރްސީއެމް އަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވާފައި މި ވަނީ އެޗްއާރްސީއެމްގެ ދެ މެންބަރުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީއެވެ.

އެ މަގާމަށް އައްޔަންކުރަން ރައިީސް ފޮނުއްވާފައި ވަނީ މުހައްމަދު ފާރިސް ތޯހާ އަދި ހ. ސޯސަން އަދި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ.

އެ ދެ ބޭފުޅުންގެ އިތުރުން އިތުރު ބޭފުޅެއްގެ ނަމެއް މުއިއްޒު މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އެ ދެ ބޭފުޅުންގެ ނަން ތަޅުމުގައި އިއްވުމަށްފަހު، އެ ނަންތައް ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ދެ ފަހަރަށް އިއުލާން ކުރިއެވެ. އެގޮތުން ޖޫން މަހާއި ޖުލައި މަހު ވެސް އެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލި އިރު ދެވަނަ ފަހަރަށް އެ މަޤާމަށް ކުރިމަތިލާން ހުޅުވާލި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved