

ރައީސް ޑރ މުހައްމަދު މުއިއްޒަކީ "ކުރައްޕެއްގެ" ސިކުނޑިއަށްވުރެ ކުޑަ ސިކުނޑިއެއްގެ ވެރިއެއް ކަމަށް ބެލެވޭނެ ފުރުސަތު މިހާރު އެބަ އޮތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުދި ކުދި ޕްރޮޖެކްޓުތަކަކީ މެގަ ޕްރޮޖެކްޓްތަކަށް ހައްދަވާ އެކަންކަން އިފްތިތާހު ކޮށްދެއްވަން ރައީސުލްޖްމްހޫރިއްޔާ ވަޑައިގަންނަވާތީ އެކަމަށް ފާޑު ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޑރ ޖަމީލު ވަނީ މިހާރު ރައީސް މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބ. ކަމަދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާ އެތަން އިފްތިތާހު ކޮށްދިެއްވި ދެއްވުމަށް އިޝާރާތްކުރައްވާފައެވެ.
ޑރ ޖަމީލު ވިދާޅުވީ، އެއީ ގައުމެއްގެ ރައީސެއް ކަމަށާ އެމަނިކުފާނު އެންމެ ހައިރާންވަނީ ކައުންސިލަރުން ބޭރަށް ކުރާ ދަތުރުތަކަކީ ބޭކާރު ޚަރަދުތަކޭ ވިދާޅުވުމަށްފަހު ބީއެމްއެލްގެ ބޮޑުންނާއި، އެތަކެއް ވަޒީރުންނާއިއެކު ވަޑައިގެން ރައީސް މުއިއްޒު އޭޓީއެމް މެޝިނެއް ހުޅުވާތީ ކަމަށެވެ.
ޑރ ޖަމީލު ވަނީ މިހާރު ޒަމާން ތަރައްގީވެ އޮންލައިންކޮށް ކުރާ މުޢާމަލާތް އިތުރުވެ ކޭޝްލެސް ނިޒާމަކަށް ދުނިޔެ ގޮސް ނިމޭއިރު، މިފަދަ ކުޑަ ކަންތައް މިހާ ބޮޑުކޮށް ވެރިމީހާއަށް ފެންނަ ނަމަ އެވެރިޔަކީ "ކުރަތްޕެއްގެ" ސިކުނޑިއަށްވުރެ ކުޑަ ސިކުނޑިއެއްގެ ވެރިޔެއް ކަމަށެވެ.
މިއީ ގައުމެއްގެ ރައީސެވެ. ހައިރާންވަނީ ކައުންސިލަރުން ބޭރަށް ކުރާ ދަތުރުތަކަކީ ބޭކާރު ޚަރަދުތަކޭ ވިދާޅުވުމަށްފަހު ބީއެމްއެލްގެ ބޮޑުންނާއި، އެތަކެއް ވަޒީރުންނާއިއެކު ވަޑައިގެން ހަމަ އޭޓީއެމް މެޝިނެއް ހުޅުވާތީއެވެ.
— Mohamed Jameel Ahmed (@MJameelAhmed) August 12, 2025
އެއްކޮޅުން އޮންލައިންކޮށް ކުރާ މުޢާމަލާތް އިތުރުވެ ކޭޝްލެސް… https://t.co/lmyWL2BPN9
ޑރ ޖަމީލު މިފަދައިން ފާހަގަކުރައްވާފައިވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށް އޭޓީއެމް އިފްތިތާހުކުރުމަށް ރައީސް ޑރ. މުއިއްޒު ރަށް ރަށަށް ވަޑައިގަންނަވާތީ، އެއީ މި ސަރުކާރުގެ މެގަ ޕްރޮޖެކްޓުތޯ ސުވާލުކޮށް މީސްމީޑިޔާގައި ގިނަ ބަޔަކު ޖޯކު ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.