

އަބްދުއްރަހީމްގެ މަޖިލިސް ރައީސްގެ ގޮނޑިކޮޅު ވެސް ގެއްލުމާ ގާތަށް ޖެހިލައިފިކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
މިފަދަ އަޑުތަކެއް ފެތުރިފައި މިވަނީ، ޕީއެންސިގެ ޕީޖީ ގުރޫޕުގެ ތެރޭގައި ވަރުގަދަ ރެނދެއްލާ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ސަރުކާރާ މެދު އުފެދިފައިވާކަމުގެ އަޑުތަކެއްވެސް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
ބައެއް މީޑީޔާތަކުގައި، ޕީއެންސީގެ މެމްބަރުންތަކަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަގާމުން ވަކިކުރުމާމެދު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ގޮތެއް ނިންމާނެއެވެ. އަދި މިހާރު އެކަމުގެ މަޝްވަރާތައް ވަނީ ފަށަފައިކަމަށް ވެސް ވެއެވެ.
އަދުރޭއަކީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން މަކަރުވެރި ރޭވުންތަކެއް ރާވާ ރައީސް އަބްދުﷲ ޔާމީނަށް ހަރާންކޯރުވީ މީހުންގެ ތެރެއިން އެންމެ އިސް އެކަކު ނަމަވެސް އަދުރޭގެ ދަރި އިބްރާހިމު ފައިސަލް މަގާމުން ވަކިކުރި ހިސާބުން މުއިއްޒާ އަދުރޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އެކަމުގެ ތެރޭގައި ޕީއެންސީގެ އެތެރޭގެ ބާރުތައްވެސް މުއިއްޒު އަދުރޭ އަތުން އަތުލާ އޮފީހަށް ވަނުމަށްވެސް މަނާކުރިކަމަށްވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު އަބްދުއްރަހީމަށް މަޖިލީސް ރައީސްގެ ގޮނޑި ދޫކޮށްލަން މަޖުބޫރު ކުރުވާނެކަމަށް ވާއިރު، އޭނާގެ އިތުރުން ވަޒީރެއްގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ މަގާމުވެސް ގެއްލޭނެ ކަމަށްވެއެވެ.