March 26, 2026
Advertisement
ކޮރަލް ބްލޮވާޑަށް ބަދަލު ދޭންޖެހޭ ހާލަތެއް ނޯންނާނެ، އެކަން ކުރަނީ ނާޒިމް އަޑީގައި ހުރެގެން: ރައީސް ޔާމީން
ކޮރަލް ބްލޮވާޑަށް ބަދަލު ދޭންޖެހޭ ހާލަތެއް ނޯންނާނެ، އެކަން ކުރަނީ ނާޒިމް އަޑީގައި ހުރެގެން: ރައީސް ޔާމީން / ތޭރަގްރެފިކްސް

‎ކޮރަލް ބްލޮވާޑަށް ބަދަލު ދޭންޖެހޭ ހާލަތެއް ނޯންނާނެ، އެކަން ކުރަނީ ނާޒިމް އަޑީގައި ހުރެގެން: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 14, 2025, 06:40 PM
މާލެ ސިޓީ

ސިންގަޕޫރުގެ ކޯރަލް ބްލޮވާޑަށް ބަދަލު ދޭންޖެހޭ ހާލަތެއް ނޯންނާނެ ކަމަށާއި ބަދަލު ދޭނެ އުޅެނީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްއިން ބާއްވާ ފްރޮންޓް އޮފީސް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ރަސްފަންނު ސަރަހައްދުގެ ބީޗް ރީތިކޮށް ހަދާ އަދި އެތަނުގެ ކުރިމަތީގައި ސިންގަޕޫރުގެ ބުލެވާޑްގެ ސިޓީ ހޮޓަލެއް ހެދުމުގެ މަސައްކަތް ކުރި ކަމަށާއި މި މަސައްކަތް ކުރުމަށް އެ ފަރާތްތަކާއި ހަވާލުކޮށްފައިވަނިކޮށް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ އެމީހުން އަތުން އެތަން ނަގާފައިވާ ކަމަށެވެ.

އަދި ރަސްފަންނު ސަރަހައްދުގެ ބަދަލުގައި އެމީހުންނަށް ހުޅުމާލެ ސަރަހައްދެއް ދިނުމުން ބޮލޮވާޑުން ހުޅުމާލެ ބޭނުންނުވި ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. ކަންމިހެން އޮތް އިރުގައި މިހާރު އިވެމުންދާ ވާހަކައަކީ މިހާރުގެ ރައީސް މުއިއްޒު ކޮރަލް ބްލޮވާޑަށް ބަދަލު ދޭން އުޅޭ ވާހަކަ ކަމަށާއި އެ މީހުންނަށް ބަދަލު ދޭން ޖެހޭ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

400 މިލިއަން ރުފިޔާގެ ލާރި ގަނޑެއް ބޭނުންވެގެން ނޫންތޯ މިއުޅެނީ އިންތިޚާބަށް، އެއިން ނެގޭތޯ މިއުޅެނީ، ދެން މި ކޮރަލް ބްލޮވާޑް ކަންތަކުގައި މިހިރީ މަޖިލިސްގެ ނައިބު ރައީސް، މިތާގެ ނެތް އެކަކަށް ދޫކުރާނެ އެކަކުވެސް، ހަމައެއްވަރުގެ މީހުން މިތިބީ

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެ ކުންފުނީގެ އަތުން އެއްވެސް ފައިސާއެއް ނަގާފައިނުވާނެ ކަމަށާއި އެކުއިޒިޝަން ކޯސްޓެއް ދައްކާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އެމީހުންނަށް ބިމެއް ދިނުމަކީ ރާއްޖޭގެ ހައްގެއް ކަމަށާއި އަދި އެ ބިން ގަބޫލުކުރުމާއި ނުކުރުން އެއީ އެފަރާތުގެ ހައްގެއް ކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މިއާއި އެކު އެމްޑީޕީ ސަރުކާރުން ވެރިކަމާއި ހަވާލުވެ 4 ހާސް މިލިއަން ރުފިޔާގެ ބަދަލު ދިން ކަމަށާއި އެއީ ސޯލިހެ ގާތް މީހުން އެ ފައިސާގެ ނަހަމަ ބޭނުން ކުރުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.

މި ސަރުކާރުން ބްލޮވާޑަށް ބަދަލު ދޭން އުޅެނީ ލޯކަލް ކައުންސިލް އިންތިޚާބަށް ފައިސާ އެއްކުރުމަށް ކަމަށްވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved