theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން
ހަބަރު
މިވެރިކަން ގޯސް ކަމަށް މިހާރު އެންމެ ބޮޑަށް ވާހަކަ ދައްކަނީ މުއިއްޒު ވަޒީފާދީފަ ތިބި ސިޔާސީ މުވައްޒަފުން:މަލީހް ޖަމާލް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
14 އޯގަސްޓު 2025
މާލެ ސިޓީ


މިވެރިކަން ގޯސް ކަމަށް މިހާރު އެންމެ ބޮޑަށް ވާހަކަ ދައްކަނީ މުއިއްޒު ވަޒީފާދީފަ ތިބި ސިޔާސީ މުވައްޒަފުން ކަމަށް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް އެކްސްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގަދަބާރުން ރައްޔިތުން ބަނދަރަށް ނެރެ އެމީހެއްގެ ހިތުގަ ނެތް މަރުޙަބާއެއް މުއިއްޒު ކިޔުއްވިޔަސް ޤައުމުގެ އިޤްތިސޯދު ހަމަޔަކަށް ނޭޅުވޭނަމަ ވެރިކަން ނުހިފެހެއްޓޭނެކަމަށެވެ.

ރައްޔިތުން ބޭނުންވަނީ ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް ކަމަށާއި ނަމަވެސް މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން ރައްޔިތުން އުޅެން ޖެހިފައިވަނީ އަނގަޔާއި އަތާއި ދިމާނުވާ ހާލަތުގައި ކަމަށް މަލީހް ސިފަކުރެއްވިއެވެ.

-

ސަރުކާރުގެ އެތެރޭގައިވެސް އެކަކު އަނެކަކައި މައްސަލަތައް ޖެހި ކޯޅުންތައް ބޮޑުވެފައިވާއިރު އެންމެ ކައިރީގައި ތިބޭ މީހުން މުއިއްޒަށް ހިފަހައްޓާނުލެވެންޏާ ގައުމެއް ހިންގާނީ ކޮން ގޮތަކުން ކަމާއިމެދު މަލީހްގެ އިތުރުން ދިވެހިންވެސް ސުވާލުކުރެއެވެ.

މުއިއްޒުގެ ސަރުކާރު ގެނައުމަށް މަސައްކަތްކުރެއްވި މި ސަރުކާރުގައި މިހާރު ސިޔާސީ ބޮޑެތި މަގާމުތައް ފުރުއްވާ ފަރާތްތަކުން ހިތާމަކުރާ ކަމަށާއި ވެރިކަމަށް އެންމެ ބޮޑަށް ފާޑުކިޔަމުން ދަނީ މުއިއްޒާއި އެންމެ އަރިސް ބޭފުޅުން ކަމަށް މަލީހްގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.

މުއިއްޒަކީ ވެރިކަން ހިންގުމުގެ އެއްވެސް ގާބިލުކަމެއް ހުރި މީހެއް ނޫން ކަމަށާއި އެފަދަ ޝަޚުސިއްޔަތެއް ބިނާކުރުމަށް ލައްކަ ދުވަސް އަދި މުއިއްޒަށް ނަގާނެ ކަމާއި މެދު އެއްވެސް ޝައްކެތްނެތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?