April 17, 2026
Advertisement
އިންޑިޔާގެ ރައްޔިތެއް
އިންޑިޔާގެ ރައްޔިތެއް / ސޯޝަލް މީޑިއާ

އިނގިރޭސިވިލާތުގައި އަންހެނަކު ރޭޕް ކުރީ އިންޑިއާ މީހެއް، ޕާސްޕޯޓު ލިބުނީ އިބޫ ވެރިކަމުގަައި!

Aug 15, 2025, 05:11 PM

ލަންޑަނުގައި ފިލްމީ ތަރިއަކަށް ޖިންސީ ގޯނާކުރި ދިވެެއްސެެއް ޖަލަށް ލައިފަައިވާކަމަށް ބުނެ ޚަބަރުތައް ޝާއިއުކޮށްފައިވާއިރު، އެ މީހާ އަކީ ދިވެއްސެެއް ނޫންކަމަށާއި އެއީ އިންޑިޔާގެ ރައްޔިތެއްކަމަށާއި އޭނާއަށް ޕާސްޕޯޓު ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައިކަން ހާމަވެއްޖެއެވެ.

Advertisement

އިނގިރޭސިވިލާތުގައި މަޝްހޫރު ބަތަލާއެއް އަދި ލަވަކިޔުންތެރިޔަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހަތަރު އަހަރަށް ޖަލަށްލުމަށް ލަންޑަނުގެ ސައުތުވާކް ކްރައުން ކޯޓުން ޙުކުމްކުރި މީހާގެ ނަމަކީ ސުންދަރަލިންގަމް ކޫޑަލިންގަމް އެވެ. އިނގިރޭސި ފުލުހުންނާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އެއީ 36 އަހަރުގެ ދިވެއްސެކެވެ. އިނގިރޭސިވިލާތުގެ މީޑިއާތަކުން އޭނާއަކީ ދިވެހި މަސާޖް ތެރަޕިސްޓެއް ކަމަށް ވެސް ބުނެފައި ވެއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި މީހާ ރާއްޖެއިން ޔޫކޭ އަށް ދިޔައީ 2021 ވަނަ އަހަރު އެވެ.

ނަމަވެސް އިމިގްރޭޝަނުން ވަނީ މީނާ އަކީ ދިވެއްސެއް ނޫންކަމަށް ކަށަވަރު ކޮށްދެެއްވާފައެވެ.

ތޭރައޮންލައިން އަށް މައުލޫމާތު ލިބުނުގޮތުގައި އޭނާ އަކީ ރާއްޖޭގައި މަސާޖް ޕާލަރުތަކުގައި ހަށި ވިއްކަން އުޅުނު އިންޑިޔާގެ ރައްޔިތެކެވެ.

އޭނާއަށް ދިވެހި ޕާސްޕޯޓު ދީފައިވަނީ ކުރީގެ ރައީސް އިބޫގެ ވެރިކަމުގައެވެ. މިފަދައިން އިންޑިޔާގެ ގިނަ ބަޔަކަށް އިބޫ ސަރުކާރުގަައި ޕާސްޕޯޓާއި ވިސާ ދީފައިވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
ސުންދަރަ ޗުވިންގަމް
Aug 15, 2025, 08:21 PM
މީ ދެން ކިހާ ބޮޑު މުސީބާތެއްތަ؟ ރާއްޖޭގެ ނަން ހުތުރު ކޮށްފިއޭ މުޅިން.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved