March 17, 2026
Advertisement
"ހިސޯރު ނައްތާލުމަށް" ގޮވާލާ ކުޑަ ކުޑަ ރާއްޖެއިން ދުނިޔެއަށް މިސާލު ދައްކައިފި
"ހިސޯރު ނައްތާލުމަށް" ގޮވާލާ ކުޑަ ކުޑަ ރާއްޖެއިން ދުނިޔެއަށް މިސާލު ދައްކައިފި / ތޭރަ އޮންލައިން

"ހިސޯރު ނައްތާލުމަށް" ގޮވާލާ ކުޑަ ކުޑަ ރާއްޖެއިން ދުނިޔެއަށް މިސާލު ދައްކައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 16, 2025, 12:30 AM
މާލެ ސިޓީ

ޖައްބާރު ސަހްޔޫނީން ޣައްޒާ ހިސާރުކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް މަރަމުންދާ މައްސަލައިގައި "ހިސޯރު ނައްތާލުމަށް" ގޮވާލާ ކުޑަ ކުޑަ ދިވެހިރާއްޖެއިން މިސާލު ދައްކައިފިއެވެ.

Advertisement

ގައްޒާގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހްރޫމުކޮށް އެހީގެ ގާފިލާތަކަށް ޣައްޒާއަށް ވަނަ ނުދީ ނިރުބަވެރި ސަހްޔޫނީން ހިފަހައްޓާފައިވުމާ އަދި ގައްޒާގައި ހިންގަމުންދާ ނަސްތު ހޭދައާ ދެކޮޅަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އަޑު އުފުލާފައެވެ.

މާލޭގެ މާފަންނު ސްޓޭޑިއަމްގައި އެތައް ބަޔަކު ޖަމާވެ ހިސޯރު ނައްތާލުމަށް ގޮވާލާ އަޑު އުފުލާފައިވާއިރު ރާއްޖޭގެ އިތުރު 50 ރަށެއްގައި ހަމަ އެ ވަގުތާ ދިމާކޮށް މިއަދު ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑު އުފުލާފައިވެއެވެ.

ގްލޯބަލް ސްމޫދު ފްލޮޓިލޭޖުގެ ދަށުން ހިންގި މި އަޑު އުފުލުމުގައި މިއަދު ރާއްޖޭގެ އިތުރުން އެކި ގައުމުތަކުގެ މީހުން ވެސް އެއްވުމަށް ޚާއްސަކޯށް ރާއްޖެ ވަޑައިގެން ބައިވެރިވެފައިވެއެވެ. އެގޮތުން ފަަލސްތީނުގެ ރައްޔިތުންނާ މެލޭޝިއާއިންނާ އިންޑޮނޭޝިއާއިން ވެސް މި އެއްވުމަށް ޚާއްސަކޮށް ބޭފުޅުން ވަޑައިގެންފައިވެއެވެ.

ރާއްޖެއިން ބޭރުގެ 12 ބޭފުޅަކު ބައިވެރިވެފައިވާއިރު، މި އެއްވުމުގައި ގޮވާލާފައިވަނީ، ޣައްޒާގެ ހިސޯރު ނައްތާލާ ބޯޑަރުތައް ހުޅުވާލުމަށެވެ. މި އެއްވުން އިންތިޒާމުކޮށް ކުރިއަށް ގެންދިޔައީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިންނެވެ.

މި އެއްވުމުގައި ވާހަކަ ދައްކަވަމުން ޝައިޚު އާދަމް ނިޝާން ވިދާޅުވީ، މުސްލިމުންނަކީ އެއް ހަށިގަޑެއްގެ ބަޔަކަށްވާއިރު އެ ހަށިގަޑުގެ ގުނަވަނަކަށް ގައިރު މުސްލިމުން ނިރުބަވެރި ހަމަލާތައް ދޭ ތަން ބަލަން ތިބެން ނުވާނެ ކަމަށާ ކުރެވެން އޮތްކަމެއް ކުރަން ވާނެ ކަމަށެވެ. އެގޮތުން މި ފަދަ އެއްވުންތައް ބާއްވާ ދުނިޔެ އަށް ދައްކާ މިސާލަކީވެސް ޣާއްޒާގައި މިއަދު ބިރުވެރިކަމާ ނާމާންކަން ތަހައްމަލު ކުރަމުންދާ އަޅުގަޑުމެންގެ އަޚުންނާ އުޚުތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެން ދާނެ ކަމަށްވެސް ޝައިޚު ނިޝާން ވިދާޅުވިއެވެ.

މި އެއްވުން ނިންމައިލީ، ޣައްޒާގެ ރައްޔިތުންގެ ސަލާމަތަށް އެދި ކުރި ޚާއްސަ ދުއާއަކުންނެވެ.

ޣައްޒާގެ ހިސޯރު ނައްތާލާ ބޯޑަރުތައް ހުޅުވާލަން ރާއްޖެއިން ގޮވާލިއިރު، ނިރުބަވެރި އިސްރާއިލުން ޣައްޒާ އޮތީ މުޅިން ބަންދުކޮށްފައެވެ. މި ބަންދުގެ ސަބަބުން ޣައްޒާއަށް އެހީވަނުން ވަރަށް ބޮޑަށް ހުއްޓި، އެތައް ހާސް ބަޔަކަށް މިކަމުގެ އަސަރު ދަނީ ކުރަމުންނެވެ. މިގޮތުން ޣައްޒާގައިި އެތައް ހާސް ބަޔަކު ބަނޑަށް ޖެހިފައިވާއިރު، ބަނޑަށް ޖެހުމުގެ ސަަބަބުން ޝަހީދުވަމުންދާ މީހުންގެ އަދަދު ކޮންމެ ދުވަހަކުވެސް ދަނީ އިތުރުވަމުންނެެވެ. މީގެ އިތުރުން، ޣައްޒާއަށް ބޭނުންވާ ތެލާއި ބޯފެން ނުލިބޭއިރު، ތެޔޮ ނުލިބި އެތަނުގެ ސިއްހީ ހިދުމަތްދޭ ތަންތަން ހުއްޓިދާނެ ކަމުގެ ބިރުވެސް އެބަ އޮތެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދިން ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި ޣައްޒާ މީހުންގެ އަދަދު ވަނީ 61،500 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ހަމަލާތަކުގައި އެކި ވަރުގެ ޒަހަމްތައް ލިބިގެން 153،200 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved