March 1, 2026
Advertisement
ވެމްކޯގެ ޕިކަޕެއް.--
ވެމްކޯގެ ޕިކަޕެއް.-- / މިހާރު

ރަށްރަށުގައި ގެސްޓްހައުސް ހިންގަން ވެމްކޯއަށް ބިން ހޯދަނީ

Sudha Latheef
ސުދާ ލަތީފް
Aug 17, 2025, 02:29 AM
މާލެ ސިޓީ

ރަށް ރަށުގައި އުފެދޭ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލެއްގެ ގޮތުން އެ ރަށްރަށުގައި ގެސްޓްހައުސް ހިންގަން ބިން ދިނުމާމެދު ކައުންސިލްތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.

Advertisement

ވެމްކޯއިން ދަނީ މި ހުށަހެޅުން ހިމަނައިގެން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް ކައުންސިލްތަކަށް އެގްރީމެންޓު ފޮނުވަމުންނެވެ. ސަރުކާރު ކުންފުންޏެއް ކަމުން ބިންތައް ހިލޭ ދިނުމަށް އެދިފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ގެސްޓްހައުސް އެޅުމަށް ބިން ހޯދުމުގެ މަޝްވަރާތައް ކުރަމުންދާ އެއް ރަށަކީ މާލެ ސަރަހައްދުގައި ގެސްޓްހައުސްގެ ވިޔަފާރީގައި މަޝްހޫރު ތުލުސްދޫ އެވެ.

ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަހީމް ވިދާޅުވީ ވެމްކޯ އިން ގެސްޓްހައުސް ހިންގަން ބޭނުންވެ، ބިން ހޯދުމަށް ކައުންސިލްއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ގެސްޓްހައުސް މިހާރު އެންމެ ގިނައިން ހިންގާ ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުވުންތައް ބާއްވައި، މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެމްކޯ އިން ރާވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން، ތުލުސްދޫގައި މިވިޔަފާރި ކުރިއަށް ގެންދިއުމަށް ނިންމައި، ވެމްކޯ އިން މިހާރު ވަނީ ތުލުސްދޫ ކައުންސިލަށް އެއްބަސްވުން ފޮނުވާފައެވެ.

ވެމްކޯ އަކީ މި ފަހުން ގެސްޓްހައުސް ވިޔަފާރިއަށް ވަންނަން ނިންމި ސަރުކާރުގެ ދެވަނަ ކުންފުންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved