April 27, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

‎ގައުމު ކުރިޔަށް ނުދާ ކޮންމެ ދުވަހަކީ ޒުވާންޖީލުގެ މުސްތަޤުބަލުން ގެއްލޭ ‎ދުވަހެއް:މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 17, 2025, 05:48 PM
މާލެ ސިޓީ

ޤައުމު ކުރިޔަށް ނުދާ ކޮންމެ ދުވަހަކީ ޒުވާންޖީލުގެ މުސްތަޤުބަލުން ގެއްލޭ ދުވަހެއް ކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މުއިއްޒުގެ ވެރިކަމަށް 639 ދުވަސް މިއަދު ވެފައިވާއިރު މި ސަރުކާރުން މިހާތަނަށް ގެނެވުނު އަދި ބިންގާ އެޅުނު ހައުސިން ޕްރޮޖެކްޓެއް، ބުރިޖެއް، އަދި ޓަވަރެއްވެސް ނެތް ކަމަށެވެ.

-
-

މި ވެރިކަމުގެ ބާކީ 1186 ދުވަސް އޮތް އިރު ގައުމު ކުރިއަށް ނުދާ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންނާއި ޚާއްސަކޮށް ޒުވާން ޖީލުގެ މުސްތަގުބަލުން ދުވަސްތައް ގެއްލި އެމީހުންނަށް ދެވޭ ވަރަށް ނުރަނގަޅު މެސެޖެއް ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ވެރިން އަމިއްލަ ޖީބުތައް ފުރެންދެން "ޕާކް" މޯޑުގައި ގައުމު ނުބޭއްވޭނެ ކަމަށާއި ހުރިހާ ކަމަކަށްވުރެ ގައުމު އިސްވާންޖެހޭނެ ކަމަށް މަލީހް ވަނީ ގޮވާލާފައެވެ.

ވެރިކަމަށް 639 ދުވަސް ވީއިރު، ގައުމުގެ ހުރިހާ ދިމާލަކުން ފެނިގެންދަނީ ތަދުމަޑުކަމާއި މާޔޫސްކަން ކަމަށާއި ސަރުކާރު ހޭލަންވެއްޖެ ކަމަށް މަލީހް ވަނީ ސިފަކޮށްފައެވެ.

ސަރުކާރުގެ ތެރެއިން މުއިއްޒާއި، ސަރުކާރުގެ ވެރިން ބޭނުންހާ ގޮތެއް ހެދުމަށް ދޫކޮށްނުލުމަށް މަލީހް ވަނީ ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved