March 10, 2026
Advertisement
-
- / ތޭރަ އޮންލައިން

ސީއެސްސީއަށް މިނިސްޓަރު ނާޒިމްގެ އަންހެނުން އައްޔަންކުރަން މުއިއްޒު އެދެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 18, 2025, 10:43 PM
މާލެ ސިޓީ

ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ މަގާމަކަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އައްޔަން ކުރުމަށް ރައީސް މުއިއްޒު މަޖިލީހުގައި އެދިވަޑައިގެންފިއެވެ.

Advertisement

މަޖިލީހަށް މުއިއްޒު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސިވިލް ސާވިސް ކޮމިޝަން އައްޔަންކުރަން ފެންނަ ނަންތައް މަޖލިހަށް ފޮނުވީ އިސްކަން ދެއްވާ ތަރުތީބުންކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަން އަލުން މެންބަރުން އައްޔަނުކުރަން ރައީސް މަޖިލިހަށް ނަން ފޮނުއްވާފައި މިވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައު ހުންނެވި މުހައްމަދު ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެމްބަރުކަމުގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީއެވެ.

މުއިއްޒުގެ އާއިލާގެ ބޭފުޅުންނާއި، ރަހްމަތްތެރިންނަށް ބޮޑެތި މަގާމުތައް ދީ ސަރުކާރުން އަންނަނީ ވަޒީފާތައް ހައްގުވާ ފަރާތްތައް އެކަހެރިކޮށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގަމުންކަން ފާހަގަކުރެވެއެވެ.

ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލުމާއި، ކުރިމަތިލާ ފަރާތްތަކުން އިންޓަވިއުކޮށް އައްޔަންކުރަން ކަނޑައަޅައި މީހުނަށް ރުހުން ދިނުމާއި، ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ނަމަވެސް ކޮރަޕްޓްވެފައިވާ މިހާރުގެ ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމުން، މުއިއްޒު ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހަމަޖެހިގެން ދިޔުމަކީ މުއިއްޒު ބޭނުންވާ ބާރު އޮތުން ދައްކުވައިދޭ ހެއްކެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved