March 12, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

ގައުމުގައި މުއިއްޒު ނޫން އެހެން ރައްޔިތަކު ދިރިއުޅެން ނުވާނެ ކަމަށް ބުނާ ހިސާބަށް ކަންކަން ގޮއްސި: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 19, 2025, 08:00 PM
މާލެ ސިޓީ

ގައުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ނޫން އެހެން ރައްޔިތަކު ދިރިއުޅެން ނުވާނެ ކަމަށް ބުނާ ހިސާބަށް ކަންކަން ގޮއްސި ކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ނޫސްވެރިން އިހުތިޖާޖު ކުރުމުން ބިލުގެ މަސައްކަތް ކުރިއަށް ނުގެންގޮސް މަޖިލީހުގެ ދައުރު ނިންމާލުމުން އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ގައުމުގައި ދަނީ ފަހަރަކު ކަމެއް ލައިގަންނަމުން ކަމަށެވެ. އެގޮތުން ގައުމުގެ މައިގަނޑު އަސާސްތައް އަތަށް ނަގަމުން ގޮސް ރައީސް މުއިއްޒު ފިޔަވައި ގައުމުގެ އެހެން ރައްޔިތަކު ދިރިއުޅެން ނުވާނެ ކަމަށް ބުނާ ހިސާބަށް ކަންކަން ގޮއްސި ކަމަށެވެ.

ޖުޑިޝަރީ އާ މިނިވަން މުވަައްސަސާތަކާ ލާމަރުކަޒީ ނިޒާމާ ބަޖެޓާ މާލީ ނިޒާމުވެސް ރައީސް މުއިއްޒުގެ މުށުތެރެއަށް ލުމަށް ފަހު މިއަދު މީޑިއާއަށް ނުފޫޒުފޯރުވަނީ ކަމަށް ވިދާޅުވެފައިވެއެވެ. އެގޮތުން އެމަނިކުފާނު އެކަން ސިފަކުރެއްވީ މީޑިޔާތައް ނޮޅާލުމުގެ ގޮތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved