May 2, 2026
Advertisement
-
- / ތޭރަ އޮންލައިން

ވޭކްއަޕް އިވެންޓަށް ގިނަ މީހުން ބައިވެރިވުމަކީ މިވަގުތު ސަރުކަރު ޖަވާބުދާރީ ކުރެވޭނެ ހަމައެކަނި ގޮތް: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 20, 2025, 06:23 PM
މާލެ ސިޓީ

ވޭކްއަޕް އިވެންޓަށް ގިނަ މީހުން ބައިވެރިވުމަކީ މިވަގުތު ސަރުކަރު ޖަވާބުދާރީ ކުރެވޭނެ ހަމައެކަނި ގޮތްކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޕީއެންއެފްއިން މާދަމާ ރޭ އާޓިފިޝިއަލް ބީޗްގައި ބާއްވާ އިވެންޓަކީ ސަރުކާރު ޒިންމާދާރު ކުރުވާ ސަރުކާރުން ބޮއްސުންލާފައިވާތީ ގައުމު ހަމަ މަގަށް އެޅުވުމަށް އެ ޕާޓީއިން ބާއްވާ އިވެންޓްއެއް ކަމަށެވެ.

-
-

މުއިއްޒު ވެރިކަމާއި ހަވާލުވިފަހުން ކަރަންޓް ބިލު ރައްޔިތުން އަތް ނުފޯރާ ފަށަށް ގޮސްފައިވާ ކަމަށާއި ފެން ބިލާއި އަދި އެހެނިހެން ޒަރުރީ ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް މަލީހް ފާހަގަކުރެއްވިއްވިއެވެ.

ސަރުކާރުގެ ހުރިހާ ދިމާލަކުން ކޮރަޕްޝަން އަތް ނުފޯރާ ފަށަށް ގޮސްފައިވާ އިރު މިއިން އެއްވެސް މައްސަލައެއް ނުބެލި ފަސްއަޅާ ފޮރުވަމުން އަންނަ ކަމަށް ބުނެ މަލީހް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ދިވެހި ރައްޔިތުންގެ ޝުއޫރުތައް ފަޅުކުރުމަށް ބާއްވާ މި އިވެންޓްގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެރިވެ ސަރުކާރު ޖަވާބުދާރީ ކުރުމަށް ގޮވާލުމަށްވެސް މަލީހް ވަނީ އެކްސް ޕޯސްޓްގައި ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved