theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކެޓްރީނާ ކައިފް / ގޫގުލް
ސިޔާސީ
ރައްޔިތުންގެ ފައިސާއިން ކެޓްރީނާއަށް ވެސް ޚަރަދު ކުރަނީ، ކުރާ މަސައްކަތް ބޮޑު ސިއްރަކަށް!
21 އޯގަސްޓު 2025

ފަތުރުވެރިކަން ޕްރޮމޯޓުކުރާ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް އެމްބެސަޑަރަކަށް ސަރުކާރުން ހަމަޖައްސާފައިވާ އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފަށް ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރާ ވަރާއި އޭނާ ކުރާ މަސައްކަތް ހާމަކުރެވެން ނެތްކަމަށް މޯލްޑިވްސް މާކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްްއެމްޕީއާރްސީ) އިން ބުނެފިއެވެ.

މިގޮތަށް އެ ކުންފުނިން ބުނެފައިވަނީ ރާއްޖެ އޮންލައިން އިން އެ ކުންފުންޏަށް އާރްޓީއައި ހުށަހެޅުމުންނެވެ.

އެގޮތުން އެ ނޫހުން ހުށަހެޅި އާރްޓީއައިގައި ކެޓްރީނާ ކުރާ މަސައްކަތާއި އޭނާއަށް ދައުލަތުން ދޭ ރުފިޔާގެ އަދަދާއި އޭނާ މަސައްކަތް ކުރާ މުއްދަތު ހޯދުމަށް އެދިފައިވެއެވެ.

އެ އާރްޓީއައިއަށް އެ ކުންފުނިން ދިން ޖަވާބުގައި ބުނީ ކެޓްރީނާ އާ އެކު ވެފައިވާ އެއްބަސްވުމުގެ 8.2 ވަނަ މާއްދާގެ ދަށުން ބަޔާން ކޮށްފައިވާ ސިއްރު ހިފެހެއްޓުމުގެ ޝަރުތުތަކުގެ ދަށުން، އެ ފަރާތުގެ ހުއްދަ ނެތި އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ހާމަ ކުރުމަކީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމުގައެވެ. އަދި އެ އެއްބަސްވުމާ ޚިލާފް ވުމަކީ އެ ކޯޕަރޭޝަންގެ މައްޗަށް ސިއްރު ނުހިފެހެއްޓުމުގެ ދައުވާ އެއް އުފުލިދާނެ ހާލަތެއް ކަމަށެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީ އިން ބުނީ އެ މައުލޫމާތު ހާމަ ކުރުމަށް ކެޓްރީނާގެ ހުއްދަ އަކަށް އެދުމުން އެއްބަސްވުމުގެ އެއްވެސް މައުލޫމާތެއް ހާމަ ކުރުމަކީ އެ ފަރާތުގެ ވިޔަފާރީގެ މަސްލަހަތައް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ.

ނިމިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ކެޓްރީނާ ރާއްޖޭގެ ގްލޯބަލް އެމްބެސަޑަރަކަށް ހަމަޖެއްސި ފަހުން މިހާތަނަށް ވެސް ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އޭނާ އެއްވެސް މަސައްކަތެއް ކޮށްފައިނުވެއެވެ.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިއީ ރައްޔިތުންގެ ފައިސާއިން ބޭކާރު ގޮތެއްގައި ހަރަދު ކުރުމެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved