April 17, 2026
Advertisement
-
- / ތޭރަ އޮންލައިން

ކުރިން އުފެއްދި މިސައިލްތަކަށް ވުރެ މާ ބޮޑު އަދި ގާބިލްކަން ހުރި މިސައިލްތައް އުފައްދައިފިން: އިރާން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 21, 2025, 09:05 PM
މާލެ ސިޓީ

12 ދުވަހުގެ ހަނގުރާމައިގައި ބޭނުންކުރި މިސައިލްތަކަށް ވުރެ ބޮޑު އަދި އިތުރަށް ގާބިލް މިސައިލްތައް އުފައްދާފައިވާ ކަމަށް މިއަދު އިރާނުން ހާމަކޮށްފިއެވެ.

Advertisement

ސަހްޔޫނީން ދީފާނެ އާ ހަމަލާއަކަށް އިރާން އޮތީ ތައްޔާރަށް ކަމަށާއި ޒަޔަނިސްޓް ދުޝްމަނުން އަނެއްކާވެސް ހަމަލާދީފި ނަމަ، ޝައްކެއްވެސް ނެތްގޮތުގައި އާ މިސައިލްތައް ބޭނުންކުރާނެ ކަމުގެ އިންޒާރު އިރާންގެ ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދާއާ ހަވާލާދީ ރަސްމީ އިރްނާ ނިއުސް އެޖެންސީ އިން ބުނެފައިވެއެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ސަހްޔޫނީނުން އިރާނާއި ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފެށިއިރު، އެ ހަނގުރާމައިގައި އީރާނުން ވަނީ މިސައިލް އަދި ޑްރޯން ހަމަލާތަކުން ރައްދުދީ ހަނގުރާމައެއް ފަށާފައެވެ.

މީގެ އިތުރުން، އިރާނުން މި ތައްޔާރުވަނީ އިސްރާއީލާ އެކު ކުރާ ފަހު ހަނގުރާމައަށް ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އަދި އަސްކަރީ މުޝީރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ވަނީ ވަރަށް ފަހުން ވިދާޅުވެފައެވެ.

ކޮންމެ ވަގުތަކުވެސް ޔަހޫދީ ސަހްޔޫނީންނާއި އެކު ހަނގުރާމަ ފެށިދާނެ ކަމަށާއި އަދި ދެން ފެށޭ ހަނގުރާމައިން ބޭނުންވަނީ ސަހްޔޫނީންގެ ދުވަސް އެއްކޮށް ދުއްވާލާ މުޅި ސަހްޔޫނީންގެ އާބާދީ ހިމެނޭ ސަރަހައްދު ސުންނާފަތިކޮށްލަން ކަމަށްވެސް ޚާމަނާއި ބުނެފައިވެއެވެ.

އިރާން އަކީ އަސްކަރީ ގޮތުންނާއި ނިއުކްލިއަރ ވަރުގަދަ ހަތިޔާރުތަކެއް އުފައްދާ ހިތްވަރުގަދަ އިސްލާމީ ލީޑަރުން ތިއްބެވި ގައުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved