March 22, 2026
Advertisement
ރައީސް ޔާމީން ވޭކްއަޕް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ޔާމީން ވޭކްއަޕް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / އަދަދު

ރައީސް ޔާމީން ސަރުކާރަށް: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައި ހޫނުކަން!

Aishath Naja
އައިޝަތު ނަޖާ
Aug 22, 2025, 04:14 AM

ސަރުކާރު ހިންގާ ޕީއެންސީގެ ޕާޓީގެ ކުލައިން ރާއްޖެއަށް ގެނުވީ ބަލިމަޑުކަމާއި ހައި ހޫނުކަންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ "ވޭކް އަޕް" ގެ ނަމުގައި ޕީއެންއެފް އިން ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ބޮޑު އެއްވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންްނެވެ.

އެމަނިކުފާނު ވަނީ ޅެން ބައިތަކުން ޕީއެންސީގެ ވެރިކަމުގައި ރައްޔިތުން ތަހައްމަލު ކުރަމުންދާ ގޮތް ސިފަކޮށްދެއްވާފައެވެ.

ޕީޕީއެމްގެ ވެެރިކަމަކީ ބަހާރު މޫސުންކަމަށް ސިފަކުރައްވާ ރައީސް ޔާމީން ވަނީ އަދުގެ ހާލަތު އޮތްގޮތް ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުކަމަށް ވިދާޅުވެފައެވެ.

އެގޮތުން، އޭރު ދިވެހިން ނަލަ ފިނިފެންމަލާއި އަސުރުމާ ކުލައިގެ ޖާދޫ ދެކެފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭރު ލިބުނު ފޮނިކަން ބަޔަކަށް ކަމުނުދިޔަކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ ވެރިކަމުގައި ބަޅިނދާއި ކޮކާތައް ފޮނިބޯން އައި ކަމަށެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އެ ވެރިކަމުގައި މަންފާ ހޯދަން ބައެއް އުޅުނު ކަަމަށް ފާހަގަކުރައްވަ އެވެ. އެއަށް ފަހު ދެން އައީ ފަނޑު ނޫކުލައިގެ ވެރިކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ފަނޑު ނޫކުލައިން ގެނުވައިފިއޭ ބަލިމަޑުކަމާއި ހައި ހޫނުކަން. ގަޑުބަޑު ނުކޮށް ފައްކާވިއޭ ވައުދާއި ކޮރަޕްޝަން ގައި ގޯޅިކޮށް. މިއީ ފިނިފެންމާ ކުލަ ނައްތާލާފައި ފަނޑު ނޫކުލަ މަޑު ނޫކުލަ، ކުލައިގެ އަސަރު ވެސް ނެތް ކުލަ އައުމުން ވާގޮތް. ސިނަމާލެ ބްރިޖުގައި ފަނޑު ނޫކުލަ ޖެހުމަކުން އެތަން އަދި ރައީސް މުއިއްޒުގެ ތަރިކަ މުދަލަކަށް ނުވެއޭ.

ރައީސް ޔާމީން

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ޝަކުވާގެ އިތުރުން ދެން އުފުލާނެ އެއްޗެއް ނެތްކަމަށެވެ.

އަނދިރި ދައުލަތެއްގެ ފަރާތުން މިހާރު ހިންގަމުންދާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެން ދަނީ ދިވެހިރައްޔިތުން ފުނޑިގެން ދިޔުންކަމަށް ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ވެރިންގެ ޖީބުތައް ފަލަވެގެންދަނީ ރިޝްވަތުގެ ފައިސާއިންކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved