theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ބާރަށު މައިކު / ތޭރަގްރެފިކްސް
ސިޔާސީ
ޕީއެންސީ މެމްބަރުންގެ ހަގީގަތް ހާމަކުރުމުން ޝުޖާއުއަކަށް ހަޖަމެއް ނުވި!
Aishath Naja
އައިޝަތު ނަޖާ
22 އޯގަސްޓު 2025

ވޭކް އަޕް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންގެ ނަފުސުގެ އިއްޒަތް ރައީސް މުއިއްޒަށް ވިއްކާލާފައިވާކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ރުޅި ގަދަވެއްޖެއެވެ.

ޝުޖާއުމެން ރިޝްވަތު ނަންގަވައިގެން ރައްޔިތުންނަށް އޮޅުވާލާ ވާހަކަޔާއި ރައްޔިތުންގެ އަޑު އިއްވުމުގެ ބަދަލުގައި އިއްވަނީ ރައީސް މުއިއްޒުގެ އަޑުކަމަށް ރައީސް ޔާމީން ވޭކްއަޕް ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޝުޖާއު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި އިތުރުފުޅު ހައްދަވާ ޝުޖާއު ވަނީ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އިލްޒާމު އަޅުއްވާ އެމަނިކުފާނަށް ގާނޫނު ހަދާ މަޖިލީހުގެ ކަރާމަތް އެނގިވަޑައިނުގަންނަވާނެކަމަށް ބުނެފައެވެ.

އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި އެކަމާ ގުޅުވާ ގިނަ ބަޔަކު ވަނީ ޝުޖާއު އަކީ ނަފުސު ވެރިންނަށް ވިއްކައިގެން ރުފިޔާގެ ދަހިވެތިކަމުގައި އުޅުއްވާ މީހެއްކަމަށް ބުނެފައެވެ.

ގިނަ މީހުން ސިފަ ކުރާ ގޮތުގައި ޝުޖާއު އަކީ އޭނާގެ ދާއިރާއަށް ހިޔާނަތްތެރިވެފައިވާ މީހެކެވެ. އެ ވަރުގެ މެމްބަރެއް ބޭނުންނުވާކަމަށް ވެސް ގިނަ މީހުން ބުނެފައިވެއެވެ.

މަޖިލިސް މެމްބަރުން އަޅުވެތި ވެފައިވާ މިންވަރު ހާމަވާކަމަށް ރައީސް ޔާމީން ވިދާޅުވީ ހަގީގަތައްކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޝުޖާއު އަށް ފާޑުކިޔާފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved