

ކ.ތުލުސްދޫ ކައިރިން ދޯންޏެއް ބަންޑުންޖަހާލައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން މައުލޫމަތު ހާމަކޮށްފިއެވެ.
އެމްއެންޑީއެފް އޮފިޝަލެއް މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް ތުލުސްދޫ ކައިރިން ބަންޑުންޖަހާލައިގެން، މާލެ އޭރިއާ ސެކަންޑް ސޮކްޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގައި ގެއްލުނު ފަރާތެއް ނިޔާވެފައި އޮތްވާ ފެނިފައިވާ ކަމަށް ތުލުސްދޫއިން މި ހާދިސާއަށް އެޓެންޑް ކުރި މީހުން މައުލޫމާތު ހާމަކޮށްފައިވެއެވެ. ނަމަވެސް މިކަން ރަސްމީ އިދާރާއަކުން އަދި ކަށަވަރުކޮށްދީފައިނުވެއެވެ.
މި ހާދިސާގެ އިތުރު މައުލޫމާތު ލިބެމުން ދާ ވަރަކުން ހިއްސާކުރަމުންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.