March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ދައުރު

ޑިމޮކްރެސީގައި ވަގަކާ ދިމާއަށް ވަގެކޭ ގޮވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Aug 27, 2025, 12:24 AM
މާލެ ސިޓީ

ޑިމޮކްރެސީއެއްގެ ތެރެއިން އުފަންވެ ހިނގަމުން އަންނަ ވެރިކަންތަކުގައި ސަރުޚާރުގައި ތިއްބަވާ ވެރިން ކުރާ ނުރަގަޅު ކަންކަން ރައްޔިތުން ފާހގަކޮށް ތުހުމަތުތައް އަމާޒުކުރާނެ ކަމަށާ އޭގައި ޖެހޭނީ ހަޖަމް ކުރަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަބުރާ ގުޅޭ ގޮތުން ގައުމީ ދުވަހުގައި ރައިސް މުހައްމަދު މުއިއްޒު ވަރުގަދަ ބަސްތަކެއް ވިދާޅުވި ނަމަވެސް ވެރިން ގޯހުން ކަން ކުރާނަމަ ރައްޔިތުންނަށް އެވާހަކަ ދެއްކުމުގެ ހައްގު އޮންނާނެ ކަމަށެވެ.

ގައުމީ ދުވަހުގެ ރައީސް މުއއިްޒުގެ ހިތޯބުގެ މުޅި ވާހަކަ ގައުމިއްޔަތާ ގުޅުވައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ބިނާކޮށް ދެއްވިއިރު އެ ވާހަކަފުޅުތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވެފައިވަނީ، މަގާމުތަކުގައި ތިބޭ މީހުންނާ ގުޅޭ ގޮތުން ރައްޔިތުން ވާހަކަދައްކާނެ ކަމަށާއި ސިޔާސީ ކަންކަމުގައި އުޅެންވާނީ "ހަންބޯވެގެން" ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީއެއްގައި ޑިމޮކްރެސީގައި ވަގަކާ ދިމާއަށް ވަގެކޭ ގޮވާނެކަމަށެވެ.

މިއުޅެނީ ޑިމޮކްރަސީއެއްގައި. ޑިމޮކްރަސީއެއްގައި ވަގަކާ ދިމާލަށް ވަގެކޭ ގޮވާނެ. ވަރަށް ގިނަ މީހުން ވަރަށް ގިނަ މީހުންނާ ދިމާލަށް [ތުހުމަތުތައް އަމާޒުކޮށް] ވާހަކަ ދައްކާ. އެކަމަކު އެ ޖެހޭނެ ހަޖަމްކޮށްލަން. މޮކްރެޓިކް ނޯމްތަކެއް ހުރޭ. އަދި އަމްދުން ވެރިކަން ހިންގަން ތިބޭ ބަޔަކު އެ މީހުންގެ ހަންބޯވާން ވާނެ. ޕަބްލިކް އޮފީސް ހޯލްޑްކުރާހާ ހިނދަކު އެ މީހުންނާ ދިމާލަށް ރައްޔިތުންގެ ތުހުމަތުތައް އަންނާނެ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ހުރިހާ ކަމަކާ ބެހުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވުމުން ލިބޭ ލައިސެންސެއް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved