April 27, 2026
Advertisement
ފަލާހް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.
ފަލާހް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. / ޕީޕީއެމް

ފަލާހު ދިފާއުކޮށް ސޯޝަލް މީޑިޔާގައި އެކްޓިވް ވާން މެމްބަރުންނަށް އަންގައިފި!

Aug 27, 2025, 03:28 AM

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލްތަކަށް ވޯޓު ދޭން މެމްބަރުންނަށް ބިރު ދައްކާކަން ހާމަކުރުމުން ޕީއެންސީ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ދިފާއުގައި ޕޯސްޓުކުރުމަށް މެމްބަރުންނަށް މަޖުބޫރު ކުރަން ފަށައިފިއެވެ.

Advertisement

ދާދިފަހުން ޕީއެންސީގެ ބައެއް މެމްބަރުންގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް ވެސް ވަނީ ފަލާހު ސަރުކާރާ އެއްކޮޅަށް ބިލްތަކަށް ވޯޓު ދޭން މެމްބަރުންނަށް ރިޝްވަތު ދީ މަޖުބޫރުކުރާކަމަށް ވިދާޅުވެފައެވެ.

މިފަދަ ވާހަކަތައް މީސްމީޑިޔާގައި ދައުރުވާން ފެށުމާއެކު ފަލާހު ވަނީ އޭނާގެ ދިފާއުގަައި ޕޯސްޓުތައް ޖެހުމަށް މެމްބަރުންނަށް އަންގާފައެވެ. މިއާއެކު ގިނަ މެމްބަރުންތަކެއް ވަނީ ފަލާހުގެ ދިފާއުގައި ނިކުމެފައެވެ.

މިވަގުތު މަޖިލީހަށް ހުށަހަޅާފައިވާ މީޑިޔާ ކޮންޓްރޯލް ބިލާ ދެކޮޅަށް ޕީއެންސީ މެމްބަރުން ވޯޓު ދޭން ބޭނުންވާކަމަށް ހާމަކުރުމުން ފަލާހު ވަނީ އެ މެމްބަރުން ސަރުކާރާ ދެކޮޅު ނުވާން ބުނެފައެވެ.

ސަރުކާރާ ދެކޮޅުވެއްޖާ މާދެރަވާނެކަމަށާއި އޭރުން ޕާޓީން ވަކިކުރަން ވެސް ޖެހިދާނެކަމަށް ފަލާހު ވަނީ ބުނެފައެވެ. މި ބިލަކީ ސީދާ މުއިއްޒު ހަންނާން ލައްވާ ހުށަހެޅުއްވި ބިލެއްކަމަށް ވެސް ފަލާހު ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved