March 19, 2026
Advertisement
.
. / ސަން

މީޑިޔާ ކޮންޓްރޯލް ބިލާ ދެކޮޅަށް މުޒާހަރާ ކުރި ހަތަރު ނޫސްވެެރިން ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފި!

Aishath Naja
އައިޝަތު ނަޖާ
Aug 27, 2025, 09:12 PM

މީޑިޔާ ކޮންޓްރޯލް ބިލާ ދެކޮޅު ހެދުމުގެ ގޮތުން އިހުތިޖާޖު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް އެއްވި ބައެއް ނޫސްވެރިން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

Advertisement

ހައްޔަރު ކުރި ނޫސްވެރިންގެ ތެރޭގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި އެމްއެމްސީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ 'ދައުރު' ނޫހުގެ ބައެއް ނޫސްވެރިންނާއި 'އަދަދު' ނޫހުގެ ނޫސްވެރިންގެ އިތުރުން މީޑިއާ ރެގިއުލޭޓެ ނުކުރެވޭނެ ކަމަށާއި ބިލް ބޭރުކޮށްލަން ގޮވާލައި ބައެއް ނޫސްވެރިން ހިމެނެެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު މަޖިލީހަށް ހުށަހެޅި މީޑިއާ ބިލުގައި ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ބޮޑެތި އަދަބުތައް ދެވޭގޮތަށް އޮތުމުގެ އިތުރުން ނޫސްތަކުގެ ލައިސަންސް ހިފަހައްޓައި ނޫސް އިދާރާ ބަންދު ކުރުމުގެ ބާރު ކޮމިޝަނަށް ދީފައި ވެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ސަލާމަތީ ހިދުމަތްތަކުގެ ބާރުގައި މީޑިއާ ހައުސްތައް ބަންދު ކުރެވިދާނެ ފަދަ މާއްދާތައް ވެސް ހިމަނާފައި ވެއެވެ.

މި ބިލާމެދު ކަންބޮޑުވުންފާޅުކޮށް މުޒާހަރާ ކުރަމުންދިޔަ އިރު މަޖިލީހަށް ބިލު ބަލައިގަނެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި ބިލުގެ ސަބަބުން މީޑިޔާގެ ބާރު ކުޑަވާނެކަމަށް ތަޖުރިބާކާރު ބައެއް ނޫސްވެރިން ވެސް ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved