March 12, 2026
Advertisement
.
. / މަޖިލިސް

ނޫސްވެރިންވީ އަނިޔާވެރި ގޮތަކަށް މަރާލަން ކަމަށް ފަލާހު ވިދާޅުވެއްޖެ

Aug 28, 2025, 12:34 AM

ނޫސްވެރިން އަނިޔާވެރިގޮތަކަށް މަރަން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލައިފިއެވެ.

Advertisement

ފަލާހު ނޫސްވެރިންނަށް އިންޒާރު ދީފައިވަނީ ދައުރުން ބޭރުން ބުދަ ދުވަހު ބޭއްވި ޖަލްސާގައި މީޑިޔާތަށް ކޮންޓްރޯލް ކުރުމަށް ހުށަހެޅި ބިލަށް ބަހުސްކުރަމުންނެވެ.

ބިލުގެ ބަހުސްގައި ފަލާހު ނޫސްވެރިންނަށް މަރުގެ އަދަބު ދޭން ގޮވާލީ އޭނާ ފެންނަ ވީޑިއޯއެއް ކަމަށް ބުނެ މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާ ގުުޅުވައިގެންނެވެ.

އެހެންކަމުން ނޫސްވެރިންވީ "ސީދާ އުލުބައިންދަން"ކަމަށް ފަލާހު ވިދާޅުވިއެވެ. އުލު ބައިންދަންވީ'އޭ ބުނެ ހަޅޭއްލަވައިގަތުމުން ފަހަތުން އެހެން ބައެއް މެމްބަރުން އޭނާއަށް ތާއީދުކުރައްވާ އަޑު ވެސް އިވެ އެވެ.

ދިވެހި ރަދީފުގައި އުލުބޭންދުމުގެ މާނަ: "މާ އިހު ޒަމާނުގައި މީހުން މަރަން ހަދާ ގޮތެއް ކަމުގައި ބުނެވޭ ގޮތެއް. އުލުބައިންދާ އިރު ހަދާ ގޮތެއް ކަމަށް ބުނަނީ ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދަނީ އެވެ. ބޭންދީމާ އެ އޫ ފުރަގަސް ފަރާތުން ވަދެގެން ގޮސް ބޮލުން ނުކުންނަނީ އެވެ."

ތޭރައޮންލައިނަށް މައުލޫމާތު ލިބުނުގޮތުގައި މީޑިޔާ ކޮންޓްރޯލްކުރުމުގެ ބިލަށް ވޯޓު ދޭން ފަލާހު ވަނީ ޕީއެންސީ މެމްބަރުންނަށް މަޖުބޫރުކޮށްފައެވެ.

ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ބިލު ބަލައިގަންނަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved