April 27, 2026
Advertisement
ފަލާހުގެ ކާޓޫނެއް!
ފަލާހުގެ ކާޓޫނެއް! / ސޯޝަލް މީޑިއާ

ނޫސްވެެރިން އަނިޔާވެރިކޮށް މަރަން ގޮވާލުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ފަލާހަށް!

Aug 28, 2025, 02:32 AM

ބައެއް މީޑިޔާތަކުން ވީ ހަމަ "ސީދާ އުލުބައިންދަން"ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ގޮވާލުމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

Advertisement

މީޑިޔާ ކޮންޓްރޯލްކުރުމަށް މުއިއްޒުގެ އެދުމުގެ މަތިން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް މަސައްކަތް ކުރާ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށެވެ.

ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.

މަޝްހޫރު ފިލްމުމޭކަރ ޓެޑްރީ ފަލާހަށް ފާޑުވިދާޅުވެފައި..
މަޝްހޫރު ފިލްމުމޭކަރ ޓެޑްރީ ފަލާހަށް ފާޑުވިދާޅުވެފައި..

ފަލާހު ނޫސްވެރިންވީ ޖަލަށްލާން ނޫންކަމާަށާއި ވީ މަރަންކަމަށް ވިދާޅުވުމުން ސޯޝަލްމީޑިޔާ މަންސަތަކުގައި ގިނަ ބަޔަކު އަންނަނީ ފަލާހު ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.

އަދި އެފަދަ މީހަކު މަޖިލީހުގައި ހުންނަން ކުފޫ ހަމަވޭތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

ޕީއެންއެފްގެ އެސްޖީ ފަލާހަށް ފާޑުވިދާޅުވެފައި
ޕީއެންއެފްގެ އެސްޖީ ފަލާހަށް ފާޑުވިދާޅުވެފައި

ފަލާހު ދެއްކެވި ވާހަކައަށް ފާޑުވިދާޅުވެ ގާނޫނީ ވަކީލު، އަހުމަދު މައުރޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިންނަށް ލާއިންސާނީ އަދަބު ދިނުމަށް ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރަކު ގޮވައިލުމުން އެމީހުންގެ މަގުސަދާއި ވިސްނުން ހާމަވާ ކަމަށެވެ.

އެ ވާހަކައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ޕޯސްޓު ކުރެއްވި ގާނޫނީ ވަކީލު އަބްދުالله މަހުޒޫމް މާޖިދު ގޮވައިލެއްވީ ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށެވެ.

އެމްޖޭއޭގެ ކަންބޮޑުވުން..
އެމްޖޭއޭގެ ކަންބޮޑުވުން..

މީގެއިތުރުން މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved