March 17, 2026
Advertisement
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު /  ތޭރަ އޮންލައިން
މަޖިލިސް މެޖޯރިޓި ލީޑަރ އިބްރާހިމު ފަލާހު / ތޭރަ އޮންލައިން / ތޭރަ އޮންލައިން

ނޫސްވެރިން އަނިޔާވެރިކޮށް މަރާލަން ގޮވާލި ފަލާހު މައާފަށް އެދެން އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 28, 2025, 04:15 AM
މާލެ ސިޓީ

ނޫސްވެރިން އަނިޔާވެރިކޮށް މަރާލަން ގޮވާލި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު މައާފަށް އެދެން އިލްތިމާސްކޮށްފިއެވެ.

Advertisement

ނޫސްވެރިންގެ ބެލެނިވެރި ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑީވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ވަނީ ފަލާހު ނޫސްވެރިން "އުލު" ބައިންދަން ގޮވާލުމުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވަނީ މީޑިޔާ ކޮންޓްރޯލުކުރާ ބިލަށް ތާއީދުކޮށް ބަހުސްކުރަމުން ނޫސްވެރިން އަނިޔާވެރިކޮށް މަރާލާން ފަލާހު ގޮވާލުމަކީ ނޫސްވެރިންނާ މީޑިޔާތަކަށް ބިރު ދައްކައި އިންޒާރުދީ އެމީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރުދީ ދެއްކި ވާހަކަތަކެއް ކަމަށް އެ ޖަމްއިއްޔާއިން ދެކޭ ކަމަށެވެ. އަދި އެވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ގޮވާލާފައިވާތީ، ވެރިކަން ކުރާ ޕީއެންސީއިން އޭނާއާ މެދު އަޚުލާގީ ފިޔަވަޅު އެޅުމަށް ގޮވާލާ އެމްޖޭއޭއިން ވަނީ އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކާ މެދު ފަލާހު މައާފަށް އެދުމަށް އިލްތިމާސްވެސް ކޮށްފައެވެ.

ފަލާހު ވަނީ ނޫސްވެރިން ޖެހެނީ "އުލު" (އަނިޔާވެރި ގޮތަކަށް މަރާލަން) ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ޓެރަރިޒަމްއަށް ހިތްވަރުދޭ ފަދަ ވާހަކަތެއް ދައްކަވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved