April 27, 2026
Advertisement
.
. / ދައުރު

ފަލާހަށް އުލުބައިންދަން ނުގޮވޭނެ، މައްސަލަ ބަލާނެކަމަށް މުއިއްޒު ވިދާޅުވެއްޖެ

Aug 28, 2025, 10:27 PM

ނޫސްވެރިން އުލުބައިންދަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ގޮވާލި މައްސަލަ ބައްލަވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ އެވެ.

Advertisement

މުޒާހަރާކުރަމުންދާ ނޫސްވެރިންގެ ފަރާތުން، ބައެއް ސީނިއާ ނޫސްވެރިންނާ މުއިއްޒު ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީހުން ނުކުމެ ވަޑައިގަތް ވަގުތު ނޫސްވެރިން ވަނީ މުއިއްޒު ވަށާލައި ސުވާލު ކޮށްފައެވެ.

ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރަމުން ދިއުމުން މުއިއްޒު ވިދާޅުވީ އެހެން ނުބުނެވޭނެކަމަށެވެ.

ފަލާހަަށް ޕާޓީން ފިޔަވަޅު އަޅާނެތޯ ސުވާލުކުރަން ފެށުމުން މުއިއްޒު ވިދާޅުވީ މައްސަލަ ބަލާނެކަމަށެވެ.

މީޑިޔާ ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ބިލް ހުށަހެޅި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނެވެ.

މަޖިލީހުން ބުދަ ދުވަހު މި ބިލު ބަލައިގެންފައި ވަނީ ނޫސްވެރިންނާއި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރުމަށް ގޮވާލައި މުޒާހަރާކުރަމުން ދަނިކޮށެވެ.

މި ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލީހާއި ރައީސް އޮފީސް އަދި މުލިއާގެ ކުރިމަތީގައި މުޒާހަރާ ވެސް ކުރި އެވެ. އެ މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރު ވެސް ކުރުމަށް ފަހު، ފަހުން ވަނީ ދޫކޮށްލާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved