theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މެމްބަރު ފަލާހް / މަޖިލިސް
ހަބަރު
ފަލާހުގެ މައްސަލަ ބަލާނީތޯ ގޮތް ނިންމަން ޕީޖީގެ ލަފަޔަށް އެދިއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
29 އޯގަސްޓު 2025
މާލެ ސިޓީ

މީޑިޔާތައް އުލު ބައިންދަން، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ފާޅުކަން ބޮޑުކޮށް މަޖިލިސް ތަޅުމުގައި ގޮވާލި މައްސަލަ ތަހުގީގުކުރުމާ މެދު ގޮތެއް ނިންމަން ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފައަކަށް އެދިއްޖެއެވެ.

ފަލާހު މަޖިލިސް ތަޅުމުގައި މީޑިޔާ ރެގިއުލޭޓުކުރާ ބިލަށް ތާއީދުކޮށް ބަހުސް ކުރަމުން ބުނެފައިވަނީ ބައެއް މީޑިޔާތަކުން މަސައްކަތްކުރާ ގޮތަށް ބަލާނަމަ މީޑިޔާތައް ޖެހެނީ އުލު ބައިންދަން ކަމަށެވެ. ޔައުނީ އަނިޔާވެރި ގޮތަކަށް މަރަން ކަމަށެވެ.

ފަލާހު ޓެރަރިޒަމްއަށް ހިތްވަރުދީ މީހުން މެރުމަށް ގޮވާލުމުން މައްސަލަ ބަލަން މޯލްޑީވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. އެތައް ނޫސްވެރިންގެ ސޮޔާއެކު ފުލުހަށް ހެޅި މައްސަލައިގައި ވަނީ ފަލާހު ނޫސްވެރިންނަށް އަނިޔާވެރިވުމަށް ގޮވާލި ގޮވާލުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ގޮވާލާފައެވެ.

މިކަމާ މެދު މިއަދު ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި، ދިވެހި ފުލުހުންގެ ޚިދުމަތުން 2025 އޮގަސްޓު 28 ވަނަ ދުވަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވިދާޅުވެ ފަލާހް ދެއްކެވި ވާހަކަތަކާ ގުޅިގެން ނޫސްވެރިންގެ ކިބައިން އޭނާ މައާފަށް އެދެންޖެހޭ ކަމަށް ނޫސްވެރިންގެ ބެލެނިވެރި ފަރާތްތަކުން ވަނީ ބުނެފައެވެ.

ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަނީ އާންމުންގެ ނުރުހުން ވެސް އަމާޒުވެފައެވެ.

އެގޮތުން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ބަޔަކަށް އަނިޔާވެރިވުމަށް މަޖިލީހުގެ މެންބަރަކު ގޮވައިލުމަކީ ތަހުގީގު ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލާފާނެ ކަމާ މެދު ރައްޔިތުން ވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved