March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 31, 2025, 02:51 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ދަ ފްރޮންޓު އޮފީހުގައި މިރޭ އޮންނާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފުން ހާމަކޮށްފައިވާ ގޮތުގައި މިރޭ ބާއްވާ ޖަލްސާ އޮންނާނީ ހ. ދޫވެހި, ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ.

ޖަލްސާ ފެށޭނީ ރޭގަނޑު 8:45ގައި ކަމަށް އެ ޕާޓީއިން ވަނީ މައުލޫމާތު ދީފައިއެވެ.

މި ޖަލްސާގައި ރާާއްޖޭގައި ހުރި މައްސަލަތަކަށް ބަލާ ކަމުވޮށިގެންވާ ބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށް ޕިއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved