March 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ޕީޕީއެމް

އެތައް ހާސް ބަޔަކަށް ނޭގީ ޕީއެންސީއަށް ވައްދާފަ ދައުލަތުން ފައިސާ ނެގީމާ މަނީލޯންޑްރިންގ އަށް ނުވޭތޯ؟

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 1, 2025, 02:31 PM
މާލެ ސިޓީ

ދިވެހި ރައްޔިތުންނަށް ނޭގި، ރައްޔިތުންގެ ތެރެއިން އެތަކެއްހާސް ބަޔެއް ވެރިކަން ކުރާ ޕީއެންސީއަށް ހޯމް މިނިސްޓަރުގެ ދަށުން ވައްދާ، ދައުލަތުން އެ ބޭބޭފުޅުން ފައިސާ ނެންގެވުމުން އެކަން އެއީ މަނީލޯންޑްރިންގ ކުށަކަށް ނުވޭތޯ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ޑީއެންއާރް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ސަރުކަރުން ހިންގި ބޮޑު ކޮރަޕްޝަނަށް ފާޑުވިދާޅުވެފައެވެ.

މަނީ ލޯންޑްރިންގ މިހާރު މިކަހަލަ ކަނދުފައްޗަކަށް ވެއްޖެ އެހެންނޫންތޯ! ހުސް މިކަހަލަ ކަންކަން މިހާރު ކުރަމުންމިދަނީ

ރައީސް ޔާމީން ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގ މިހާރު ވަރަށް ރަނގަޅު ކަނދުފައްޗަކަށްވެއްޖެ ކަމަށާއި ސަރުކާރުން މިހާރު ކުރަމުން އަންނަނީ މިފަދަ ކަންކަން ކަމަށް އެމަނިކުފާނުގެ ވާހަކައިގެ ތެރެއިން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ މައި ތަހުގީގީ އިދާރާކަމަށްވަ ދިވެހި ފުލުހުންގެ ޚިދުމަތުން އިންސާފުވެރިކަމާއި ގާނޫނާއި ގަވާއިދުގެ މަތިން މައްސަލަތައް ބަލާ، ނުހައްގުން މީހުން ފްރޭމް ކުރުމުގެ އަމަލުތައް ހުއްޓާލާ އެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ޔާމީން ވަނީ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނަށް ގޮވާލާފައެވެ.

ދިވެހިރާއްޖޭގެ ގާނޫނުގައި "ޕަޕަރާޒީ" އާއި ބެހޭ ބިލެއް އަންނަން ޖެހޭ ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެއްވެސް މީހެއްގެ ހުއްދަ ނެތި އެމީހެއްގެ ފޮޓޯ ނަގާ ބޭނުން ނުކުރެވޭނެ ކަމަށެވެ.

ދެ މީހެއް ވާހަކަ ދައްކަން ތިބޭ މަންޒަރު ފޮޓޯ ނަގައިގެން އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކޮށް އެފަދަ މީހުންނަށް ކެޓްލޮގް ތައްޔާރުކޮށް ވާނުވާ ބަންދު ޖަހަމުން މި ސަރުކާރުން އަންނަ ކަމަށް ރައީސް ޔާމީންގެ ވާހަކަގައި ސިފަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved