theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މިއަދުގެ ބައދަލުވުމުގެ ތެރެއިން / -
ހަބަރު
ބިލާ މެދު ޚިޔާލުފާޅު ކުރި މެޖޯރިޓީ ނޫސްވެރިން ގޮވާލީ ބިލު ބޭރުކޮށްލުމަށް!
01 ސެޕްޓެމްބަރު 2025
މާލެ ސިޓީ

މީޑިޔާ ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީގައި ނޫސްވެރިން ފާޅުކުރި ޚިޔާލާއެކު ހުރިހާ ނޫސްވެރިންވެސް ވަނީ ބިލު އޮތީ މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ގޮތަށް ކަމަށްކަން ހާމަކޮށްދީފައެވެ.

ހޯމަ ދުވަހުގެ ހެނދުނު 11 ޖެހި އިރު ފެށި ކޮމިޓީގައި 22 ނޫސްވެރިއަކު ވަނީ ބިލާ މެދު ހުރި ކަންބޮޑުވުންތަކާ ބިލު ބިލު ބަލައިގަނެއް ދިރާސާ ކުރަން ނުޖެހޭ ސަބަބު އެ ނޫސްވެރިއެއްގެ ޕާސްޕެކްޓިވްއިން ހުށަހަޅާފައެވެ.

އެއްވެސް ނޫސްވެރިއަކު މިހާރު ހުށަހަޅާފައިވާ ބިލަށް ތާއީދުކޮށް ވާހަކަ ދައްކާފައިނުވެއެވެ. ހުރިހާ ނޫސްވެރިން ވެސް ފާހަގަކުރީ އެ ބިލުގައި ހުރި ކަންބޮޑުވުންތަކެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޭރަ އޮންލައިންގެ އެޑިޓަރ އަދި ޗެނަލް13ގެ ނިއުސް އެންޑް ކަރަންޓު އެފެއާޒު ހެޑް، މަރިޔަމް އިސްއާދާ ވިދާޅުވީ ބިލާ މެދު ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތް ކަމަށާ އެންމެ ބޮޑަށް ކަންބޮޑުވަނީ ނޫސްވެރިންގެ ބާރުގައި ވެރިކަމަށް ވަޑައިގެންނެވި ވެރިއެއްގެ ޒައާމަތުގައި މިފަދަ ބިލެއް ހުށަހަޅަ އަވަސް އަރުވައިލައިގެން ފާސްކޮށް ނޫސްވެރިން ގޮޅިއަކަށް ފައްތަން ފޫގަޅާފައ ތިބި ތިބުން ކަމަށެވެ.

މީގެ އިތުރުން ބޮޑެތި އަދަދުތަކުގެ ޖޫރިމަނާ މިބިލުގައި ހިމަނާފައިވާއިރު ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރާ އަދަދު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވާ މަރީ ވަނީ މަޖިލިސް މެމްބަރުން އަމިއްލައަށް ބޮޑެތި މުސާރަތައް ފާސްކޮށްގެން ނަގައިގެންނާ އަދި އެހެނިހެން ގޮތްގޮތުން އެތައް ހާސް ފައިސާއެއް ލިބުނު ނަމަވެސް ނޫސްވެރިންނަކީ ކުޑަ މުސާރައިގައި ބުރަ މަސައްކަތްކޮށްގެން އުޅޭ ބައެއް ކަމަށެވެ.

ތިބޭފުޅުން އަމިއްލައަށް 85000 އިން މުސާރަ އަމިއްލަ އަށް ބަޖެޓުގައި ޖައްސަވައިގެން ނަންގަވައިގެން ތިއްބެވި އަސް ނޫސްވެރިންނަކީ 10 12 ހާސް ރުފިޔާގެ އުޖޫރައެއްގައި ހިނަ ފަހަރު މަސައްކަތްކުރާ ކުދިން. މިހާރުވެސް ތިބޭފުޅުންގެ ބައެއް މައިކުތަކުން އެބަ ބުނޭ ލިބޭ މުސާރައިން ދެކޮޅު ނުޖެހެޔޭ. އެހެންވީމަ އަދި ނޫސްވެރިން މި އަދަދުތައް ދައްކާނީ ކިހިނެއްތޯ. މިއަދު ރައްޔިތުން މިތިބީ އަނގަޔާ އަތާ ދިމާނުވެފައި. ގަދަކަމުން ވައަތުން ހިފާ ކަނާއަތް އަނގަޔާ ގާތް ކުރިއަސް ދަނީ ދުރަށް. މިހާލަތުގައި ރައްޔިތުން ތިބި އިރު މިފަދަ ބޮޑެތި ޖޫރިމަނާތަކާ މެދު ދިރާސާއެއް ކޮށްލެއްވިންތޯ؟

- މަރީ ވިދާޅުވެފައިވެއެވެ.

މަރީ އިތުރަށް ވިދާޅުވީ، ބިލަކީ ފެށުމުގައިވެސް ބާތިލު ބިލެއް ކަމަށާ އެމްއެމްސީއިން 2022 ވަނަ އަހަރު ހުށަހަޅާފައި އޮތް ޑްރާފްޓަކަށް ބިލެއް ލިޔެ ތައްޔާރުކުރީ ކާކުންވެސް ކަށަވަރުނުވާ ކަމަށެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނެވެސް ބިލާ ހަވާލުވާން މިހާރު ދެކޮޅު ހައްދަވާކަން ފާހަގަކުރައްވާ މަރީ ވަނީ މި ބިލަކީ އެ ބޭފުޅާ އަމިއްލައަށް ދިރާސާކޮށް ލިޔަންވެސް އެހީވި ބިލެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް މަޖިލިސް ތަޅުމުގައި އިއުތިރާފުވެފައިވާ ކަމަށާ އެހެން ކަމުން މި ބިލު އޭނާ ސިފަކުރާނީ ބަފާ ކަށަވަރުނުވާ ބިލެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ބައްޕަ ކަށަވަރުނުކުރެވޭ ބިލެއް ފާސްކޮށް ނޫސްވެރިން ރަށްމެދަށް އުފަން ކުރުވަން ނޫޅުއްވާ މަޖިލީހުން ބިލު ބޭރުކޮށްލަން މަރީ ވަނީ ގޮވާލާފައެވެ.

މަރިގެ އިތުރުންވެސް 20 ނޫސްވެރިއަކު ވަނީ މި ބިލަކީ ބަލައި ގަނެވޭ ވަރަށް ވުރެ ފޭރާން ދަށް ބިލެއްކަމަށާ ބިލު ބޭރުކުރަން އެދޭ ކަން ހާމަކޮށްފައެވެ.

އެގޮތުން ނޫސްވެރިކަމުގައި 20 އަށްވުރެ ގިނަ އަހަރު މަސައްކަތް ކުރައްވާފައިވާ އަލީ ސުލައިމާން ވެސް މިއަދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސްކޮށް އޮތް ބިލެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލު ޑްރާފްޓު ކުރީ އެއްވެސް ނޫހެއްގެ ނުވަތަ ނޫސްވެރިއެއްގެ މަޝްވަރާއެއް ނުހޯދާ ކަމަށް ވާތީ އެ ބިލަކީ އުފެދުމުގައި ވެސް ބާތިލު ބިލެއް ކަމަށެވެ.

ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު، އަހުމަޒު ޒާހިރު (ހިރިގާ) ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ނޫސްވެެރިންގެ ރައްކާތެރިކަމަށް އެއްވެސް މާއްދާއެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި މުޅި ބިލު ފަރުމާ ކޮށްފައި އޮތީ އިސްލާހު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް ކަމަށް ހިރިގާ ޒާހިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަކި ފަރާތަކަށް ނުޖެހި ހިޔާލުފާޅު ކުރަންޖެހޭނެ ކަމަށް ބިލުގައި ލިޔެފައި އޮތުމާއި ބްރޯޑްކާސްޓިން ކޮމިޝަނާއި ޕްރިންޓް އަދި އޮންލައިން މީޑިއާތައް އެއް ކޮމިޝަނަކުން ރެގިއުލޭޓު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved