March 21, 2026
Advertisement
ގިނަ ނޫސްވެރިންތަކެއް ސޮއިކޮށް މަޖިލީހަށާ ރައީސަށްވެސް ޕެޓިޝަން ހުށަހެޅުން
ގިނަ ނޫސްވެރިންތަކެއް ސޮއިކޮށް މަޖިލީހަށާ ރައީސަށްވެސް ޕެޓިޝަން ހުށަހެޅުން / ސޯޝަލް މީޑިއާ

މީޑިޔާ ބިލާ ގުޅިގެން މަޖިލީހަށާ ރައީސް އޮފީހަށްވެސް ޕެޓިޝަނެއް ހުށަހަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 3, 2025, 08:41 PM
މާލެ ސިޓީ

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގިނަ ނޫސްވެރިންތަކެއްގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

Advertisement

އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ޕެޓިޝަންގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެއެވެ.

ޕެޓިޝަން މަޖިލީހަށް ވައްދަން ސޮއިކުރީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ. މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ވަނީ މަޖިލީހުން ބިލު ފާސްނުކޮށް ބޭރުކޮށްލުމަށެވެ. އަދި ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް ތަސްދީގު ނުކުރުމަށް ގޮވާލާފައެވެ.

މީޑިޔާ ކަސްތޮޅު އަޅުވާ ނޫސްވެރިންގެ ދޫ ތަޅު އެޅުވުމަށް ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ހުށަހެޅި ބިލުގައި ނުރައްކާތެރި އެތައް މާއްދާތަކެއް ހުރިއިރު ނޫސްވެރިންގެ އިތުރުން ނޫސްވެރިންނާ ބްރޮޑްކާސްޓަރުންގެ ބެލެނިވެރި ފަރާތްތައް ކަމަށްވާ މޯލްޑިވްސް މީޑިޔާ ކަައުންސިލްއާ މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަންއިން ވެސް ވަނީ މި ބިލުގައި ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ބިލު ބޭރުކޮށްލުމަށް މަޖިލިސް ކޮމިޓީގައި އެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved