March 17, 2026
Advertisement
ބަލައިގެން ކިޔަން ވެސް ނޭނގޭ ބައިން އެއްވަނަ، އިނގުރައިދޫ ފަލާހު!
ބަލައިގެން ކިޔަން ވެސް ނޭނގޭ ބައިން އެއްވަނަ، އިނގުރައިދޫ ފަލާހު! / ތޭރަގްރެފިކްސް

އަނެއްކާވެސް ފަލާހުގެ ނުސީދާ އިންޒާރެއް: އަންނަ އަހަރު ނޫސްވެރިޔަކު ކަނޑަށް ވެއްޓިދާނެ!

Sep 4, 2025, 04:03 AM

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން އާންމުކުރިއިރު ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަށް އަހަރެއްގެ ތެރޭ ފަސް މިލިއަން ރުފިޔާ ލިބުނުކަމަށް ހަބަރެއްގައި އޮތުމުން އަނެއްކާވެސް ނޫސްވެރިންނަށް އިންޒާރެއް ދީފިއެވެ.

Advertisement

ފަލާހު އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، މި އަންނަ އަހަރު އަދި މިހާރަށްވުރެ އޭނާއަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށެވެ.

ފަލާހު ބުނީ އޭނާ އިންނަމާދޫއިން ގަނެފަ ރެޖިސްޓްރީ ބަދަލުވުމުގެ މަރުހަލާގައި 3 ގޯތިއެބައުޅޭކަމަށާއި އަދި ހުޅުމާލެއިންގަތް ގޯތި ވެސްއުޅެނީ ރެޖިސްޓުރީ ބަދަލުކުރުމުގެ މަރުހަލާގައިކަމަށެވެ.

މިފަހަރުގެ މާލީ ބަޔާނުގައި މިކަންކަން ހިމެނުމަށް އޭނާ މަސައްކަތްކުރި ނަމަވެސް ނުހިމެނުންކަމަށް އޭނާ ބުނެފައިވެއެވެ.

މިވާހަކަތަށް ކުރީ ބައިގައި ހިއްސާކުރުމުގެ ބޭނުމަކީ އަންނަ އަހަރުގެ މާލީ ބަޔާން ނެރޭއިރަށް އާޝޯހުވެގެން ނޫސްވެރިޔަކު ކަނޑަށް ވެއްޓިދާނެތީކަމަށް ބުނެ އޭނާ ވަނީ ނުސީދާ އިންޒާރެއް ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކޮށްފައިވާއިރު މެންބަރެއްގެ މުސާރައިގެ ގޮތުގައި ލިބޭ އަހަރެއްގެ މައްޗަށް ލިބޭ 990،000 ރުފިޔާގެ އިތުރުން ވިޔަފާރިކޮށްގެން ފަލާހަށް އާމްދަނީ ލިބިފައިވާ ކަމަށް މި ބަޔާނުގައި ހިމަނާފައިވެއެވެ.

މިގޮތުން، ގެދޮރު ކުއްޔަށް ދީގެން ފަލާހަށް 3.2 މިލިއަން ރުފިޔާ ނަފާގެ ގޮތުގައި ލިބިފައިވާއިރު ވިޔަފާރިކޮށްގެން މިލިއަނެއްހާ ރުފިޔާ ލިބިފައިވާކަމަށް މާލީ ބަޔާނުން ދައްކައެވެ.

މިއާއިއެކު، ފަލާހްގެ ނަން މަތީގައި 06 ބޭންކް އެކައުންޓެއް އޮންނަ ކަމަށާއި ޖުމްލަ 111.074 ރުފިޔާއާއި 301 ޑޮލަރު މި އެކައުންޓްތަކުގައި މިހާރު ހުރި ކަމަށް އެ ބަޔާނުގައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved