April 27, 2026
Advertisement
.
. / މަޖިލިސް

ބޮޓޭކޯ ނިވާފަތްގަނޑަކަށް ހަދައިގެން ހުރިހާ ނުބައެއް ހަދަނީ ހޮޅި!

Sep 5, 2025, 10:06 PM

އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ނިވާފަތްގަނޑަކަށް ހަދައިގެން ހުރިހާ ނުބައެއް ހައްދަވަނީ ރައީސް މުހައްމަދު މުއިއްޒުކަމަށް ޕީއެންއެފްގެ މެމްބަދު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވައްޑެ ވިދާޅުވީ ފަލާހުގެ އަނގައިން ނިކުންނަނީ މުއިއްޒުގެ ވިސްނުންކަމަށެވެ. އެގޮތުން ނޫސްވެރިން އުލުބައިންދަން ޖެހޭކަމަށް ފަލާހު ވިދާޅުވެފައި އެވަނީ މުއިއްޒުގެ ވިސްނުމުންކަމަށް ވައްޑެގެ ވާހަކައިން ދޭހަވެއެވެ.

ނިމިދިޔަ ފަސް އަހަރު ޕީޕީއެމް/ޕީއެންސީއަށް އެއްވެސް ހިދުމަތެއް ފަލާހު ކޮށްދީފައިނުވާއިރު ވެރިކަން ލިބުމުން ގެނެސް ޕީޖީ ލީޑަރަށް ހެއްދެވީ މުއިއްޒު އޭނާއަށް 100 އިންސައްތަ އިތުބާރުކުރާތީކަމަށް ވައްޑެ ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރި އިރު ފަލާހަށް އަހަރެއްގެ ތެރޭ އާމްދަނީގެ ގޮތުގައި 5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެ ވާހަކަ މީޑިޔާތަކުން ރިޕޯޓުކުރުމުން ފަލާހުވަނީ ނޫސްވެރިންގެ މާލީ ބަޔާންވެސް އާންމުކުރަންޖެހޭކަމަށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved