March 25, 2026
Advertisement
ރައީސް ޔާމީން ގެއަށް ބަދަލުކުރުން
ރައީސް ޔާމީން ގެއަށް ބަދަލުކުރުން / އަވަސް.އެމްވީ

ރައީސް ޔާމީނަށް 2023 ގެ އިންތިޚާބުގައި ވާދަކުރިޔަ ނުދިނީ މުއިއްޒު އަޑީގަ ހުރެގެން

Sep 6, 2025, 04:03 PM

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމަށް ވާދަކުރިޔަ ނުދިނީ މިހާރު ވެރިކަމުގައި ހުންނެވި މުއިއްޒު އަޑީގައި ހުންނަވައިގެން ރޭވި ރޭވުންތަކުންކަން ހާމަވެެއްޖެއެވެ.

Advertisement

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކޮށް އިއްވި ހަރާން ހުކުމުގެ މައްސަލައިގެ އަޑުއެހުންތައް ދިވެހި ރާއްޖޭގެ ހައިކޯޓުގައި އޭރު ކުރިޔަށްދިޔަ އިރު އަޑުއެހުންތައް ބޭއްވުމުގައި ލަސްތަކެއް އުޅުނެވެ.

އެގޮތުން މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރަކު އަބަދުވެސް ޗުއްޓީގައި ހުންނަވާ ވާހަކަ އޭރު އަޑުއިވިގެންދިޔައެވެ. އެގޮތުން އޭރު ހައިކޯޓުގެ ފަނޑިޔާރަކަށް ހުންނެވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވާ ސަލީމެވެ.

ސަލީމަކީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްލަމްގެ ބޭބެއެވެ. މުއިއްޒު ވަނީ ރައީސް ޔާމީންގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ލަސްކޮށްދެއްވާ އަސްލަމްކައިރީ އެދިގެން ފަނޑިޔާރު ސަލީމަށް ރިޝްވަތު ހުށަހަޅާ އަޑުއެހުންތަކަށް ހާޒިރުނުވުމަށް އަހުމަދު މުބީން ލައްވާ އެދިފައެވެ. މުބީނަކީ އޭރު ޕީޕީއެމްގައި ހުންނަވާ ސިއްރުން މުއިއްޒު ވެރިކަމަށް ގެނެއުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެކަކެވެ.

ފަނޑިޔާރު ސަލީމް ވަނީ ރިޝްވަތު ހިއްޕަވާ އަޑުއެހުންތަކަށް ނާދެވޭކަމަށް ބުނެ ޗުއްޓީ ނަންގަވާފައެވެ. މީގެ ސަބަބުން ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ލަސްވެ އެމަނިކުފާނު މައުސޫމްއިރުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުރަސްއެޅިގެންދިޔައެވެ.

މުއިއްޒު ވެރިކަމަށް އައިފަހުން ރައީސް ޔާމީންގެ މައްސަލައިގައި ހައި ކޯޓުން ހުކުމް ކުރީ އެމަނިކުފާނު މައުސޫމްކަމަށެވެ. މީގެން ދޭހަވީ އެމަނިކުފާނު އޭރުވެސް މައުސޫމްކަމެވެ.

ފަނޑިޔާރު ސަލީމް ރިޝްވަތު ނަންގަވާ އަޑުއެހުންތަަކަށް ހާޒިރުނުވެ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމުގައި ލަސްކުރެއްވުމުން ހަދިޔާއެއްގެ ގޮތުގައި މުއިއްޒު މިވަނީ ސަލީމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހަވާލުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved