

މިރޭ ހިފާ ހަނދުކޭތަ ވަގުތާއި ދިމާވާތީ މިރެއަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާ މާދަމާ ރެއަށް ފަސްކޮށްފި ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ހާމަކޮށްފިއެވެ.
މާދަމާ ރެއަށް ޖަލްސާ ފަސްކޮށްފައިވާ ކަން މަލީހް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.
Mirey Jalsaa gadiyaa keythahifaa gadiyaa dhimaavaathee maadhamaa re'ah jalsaavanee faskurevifa. Shukuriyya. https://t.co/XdTBYn8yYe
— Mohamed Maleeh Jamal (@maleehjamal) September 7, 2025
އެ ޕާޓީން ހާމަކުރި ގޮތުގައި މާދާމާގެ ރޭގެ ޖަލްސާވެސް އޮންނާނީ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ 8:45 ގައި ކަމަށް ވެސް މަލީހްގެ ޕޯސްޓްގައި ހާމަކޮށްފައިވެއެވެ.
މިރޭ ހިފާ ކޭތަ ފަނޑުހިޔަނި ކޭތައެއްގެ ގޮތުގައި ހިފާން ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 20:28:25 ގައި ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ކޭތަ ހިފާ ވަގުތުގައި ﷲގެ މަތީން ހަނދާންކޮށް އެ ކަލާނގެއަށް އިސްތަޣުފާރުކުރުން ގިނަކުރާން ޖެހެއެވެ. ކޭތަނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދަކަށް ވާތީ ކޭތަ ނަމާދުކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދީނީ އިލްމުވެރިން ފާހަގަކުރައްވައެވެ.