March 29, 2026
Advertisement
ރައީސް ޔާމީން ނަވީނަށް: ފުރަތަމަ ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ބަދަލުވެރިޔަކަށް ވެލައްވާ
ރައީސް ޔާމީން ނަވީނަށް: ފުރަތަމަ ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ބަދަލުވެރިޔަކަށް ވެލައްވާ / ނިއު ސައުތު ވޭލްސް ޕޮލިސް

ރައީސް ޔާމީން ނަވީނަށް: ފުރަތަމަ ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ބަދަލުވެރިޔަކަށް ވެލައްވާ

Mariyam Isaadha
މަރިޔަމް އިސާދާ
Sep 7, 2025, 11:15 PM
މާލެ ސިޓީ

ރައްޔިތުންގެ ބަދަލުވެރިއަކަށް ވެވަޑައިގެންނެވުމުގެ ކުރިން ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ބަދަލުވެރިއަކަށް ވެވަޑައިގެންނެވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނަށް ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.

Advertisement

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ފުލުހުންނަކީ ރައްޔިތުންގެ ބެލެނިވެރިން ކަމަށާ ރައްޔިތުންގެ އިތުބާރު މުއައްސަސާއަށް ހޯދަން ޖެހޭ ކަމަށް ވިދާޅުވުމަށް އިޝާރާތްކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ނެތްކަން ސީޕީ ނަވީނަށް ފަހުމުވުން ވެސް ރަގަޅު ކަމަށާ ނަމަވެސް މިހާރު ފުލުހުންގެ މުއައްސަސާގެ ތެރެއިން ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރު ރައްޔިތުންގެ އިތުބާރު ލިބުމަށްވުރެ ގާތީ ނުލިބުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މައްޗަށް ގޮވާލާ ކޮންމެ ގޮވާލުމަކީ ނަވީންގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް ގޮވާލާ ގޮވާލުމަކަށް ވާން ޖެހޭނެ ކަމަށާ އެގޮތުން ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންގަނެ އަމަލު ނުކުރާނެ ކަމަށް ނަވީން އަމިއްލަ ނަފްސަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ގާނޫނުން މަތިކޮށްފައިވާ ކޮންމެ ޒިންމާއެއްގެ ބަދަލުވެރިއަކަށް ނަވީން ވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ފުލުހުން ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުން ނަމަ އިންސާފު ގާއިމުކުރުމުގައި ހަމަހަމަކަން ގެންގުޅުން މުހިއްމު ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved