March 29, 2026
Advertisement
ފުލުހުންނަށް ކަންކަމަށް އިލްތިމާސްކުރައްވާއިރު ނަވީންވެސް އެކަމަށް ބޯލަންބަވާ: ރައީސް ޔާމީން
ފުލުހުންނަށް ކަންކަމަށް އިލްތިމާސްކުރައްވާއިރު ނަވީންވެސް އެކަމަށް ބޯލަންބަވާ: ރައީސް ޔާމީން / ޕޮލިސް މީޑިޔާ

ފުލުހުންނަށް ކަންކަމަށް އިލްތިމާސްކުރައްވާއިރު ނަވީންވެސް އެކަމަށް ބޯލަނބާ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 9, 2025, 12:38 AM
މާލެ ސިޓީ

ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ އެ އިތުބާރު އަނބުރާ ހޯދަން ފުލުހުން މަސައްކަތްކުރަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އިލްތިމާސްކުރައްވާފައިވާއިރު ޚުދު ނަވީންވެސް އެ އިލްތިމާސްތަކަށް ބޯލަނބަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންގެ މައްޗަށް ގޮވާލާ ކޮންމެ ގޮވާލުމަކީ ނަވީންގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް ގޮވާލާ ގޮވާލުމަކަށް ވާން ޖެހޭނެ ކަމަށާ އެގޮތުން ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަންގަނެ އަމަލު ނުކުރާނެ ކަމަށް ނަވީން އަމިއްލަ ނަފްސަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ގާނޫނުން މަތިކޮށްފައިވާ ކޮންމެ ޒިންމާއެއްގެ ބަދަލުވެރިއަކަށް ނަވީން ވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންނާ މެދު އޮތް ރައްޔިތުންގެ އިތުބާރުގެ ގެއްލިފައިވަނީ ވެރިންގެ ސަބަބުން ކަމަށާ އެހެންކަމުން އެ އިތުބާރު ގާއިމުކުރަން މަސައްކަތް ފަށަންވާނީ ވެސް ވެރިންނާ ހަމައިން ކަމަށެވެ.

ފުލުހުްނގެ ތެރޭގައި ސެލެކްޓިވް ޖަސްޓިސް އަށގަނެ ތަހުގީގުގެ މަރުހަލާއިން ފެށިގެން ވަކިވަކި ފަރުދުންނާ މެދު ތަފާތު ކުރުން ގެންގުޅޭ ގެންގުޅުން ނިމުމަކަށް ނުގެނަސް ފުލުހުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރައްޔިތުންގެ އިތުބާރު ނުލިބޭނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ފުލުހުންގެ މައްޗަށް ރައްޔިތުންގެ އިތުބާރު ނެތްކަން ސީޕީ ނަވީނަށް ފަހުމުވުން ވެސް ރަގަޅު ކަމަށާ ނަމަވެސް މިހާރު ފުލުހުންގެ މުއައްސަސާގެ ތެރެއިން ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރު ރައްޔިތުންގެ އިތުބާރު ލިބުމަށްވުރެ ގާތީ ނުލިބުން ކަމަށެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، އެއް ކަހަލަ މައްސަލަތަކުގައި ފުލުހުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ފުލުހުންގެ މައްޗަށް ރައްޔިތުން ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved