March 17, 2026
Advertisement
ކަލާފާނު ސްކޫލު ކައިރީ ޕާކިން ސްލޮޓުތައް
ކަލާފާނު ސްކޫލު ކައިރީ ޕާކިން ސްލޮޓުތައް / ސޯޝަލް މީޑިއާ

މޭޔަރު މުއިއްޒު ދޫކުރި ޒޯންތައް އަތުލަން، ރައީސް މުއިއްޒު ނިންމައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 9, 2025, 08:01 PM
މާލެ ސިޓީ

މާލޭގެ ކުރީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު، އެތައް ފައިސާއެއް ނަގައިގެން ކުއްޔަށް ދޫކުރި ކަމަށް ބުނާ ޕާކިން ޒޯންތައް އަލުން އަނބުރާ އަތުލަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

Advertisement

މިކަމާ ގުޅިގެން މައުލޫމާތު ސާފުކޮށްދެއްވަމުން މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެފައިވަނީ، ގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އޭރު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަވާ މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކުގެ އެއްބަސްވުން ނިމުމަށް ގެނެސް އެތަންތަން އާންމުކޮށް ހުޅުވާލުމަށް ނިންމައިފިއެވެ.

މޭޔަރު އާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުން ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތައް ހިމެނޭ ހުރިހާ ސްލޮޓްތަކަކީ އާންމުންގެ ތަންތަން ކަމުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމައި، އެ ކައުންސިލަށް ޓްރާންސްޕޯޓް މިނިސްޓްރީން އެކަން އަންގާފައިވާ ކަމަށެވެ.

މިގޮތަށް މިނިސްޓްރީއިން އެންގީ މިދިޔަ އަހަރު ނަމަވެސް، ކުރިން ދޫކޮށްފައި ހުރި ތަންތަނުގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވަންދެން މަޑުކުރީ ކަމަށާއި ހުރިހާ އެއްބަސްވުމެއްގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފެށީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު މޭޔަރުކަމުގައި ހުންނެވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒުއެވެ.

ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން ޕާކިން ސްލޮޓްތައް ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއިރު އެގޮތަށް އެކަން ނުކުރުމަށް އޭރުގރ ޓްރާންސްޕޯޓު މިނިސްޓްރީންއިން ވެސް އަންގާފައިވެއެވެ. ނަމވެސް އެ އެންގުމާ ޚިލާފަށް މޭޔަރު މުއިއްޒު ވަނީ މާލޭގެ ފަސް ސަރަހައްދަކުން ޕާކު ކުރަން 1120 ޖާގަ ދޫކޮށްފައިވެއެވެ. އޭގެ ތެރެއިން 941 ޖާގައަކީ މަގުމަތިން ދޫކޮށްފައި ހުރި ޖާގަތަކެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އެހެން އެކަންކޮށްފައިވަނީ މޭޔަރު މުއިއްޒަށާ އަރިސް ކައުންސިލަރުންނަށްވެސް ބައި އެޅޭ ގޮތަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved