March 25, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ފުލުހުންނާއި ޕީޖީ އޮފީހުން އެއްބާރުލުންދީ ފަނޑިޔާރުންނާއި ގުޅިގެން ރައީސް ސޯލިހް އަޅުގަނޑު ޖަލަށްލީ: ރައީސް ޔާމީން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Sep 9, 2025, 11:58 PM
މާލެ ސިޓީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިޙްގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުހައްގުން ޖަލަށް ލީ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެއްބާރުލުންދީގެން، ފަނޑިޔާރުންނާއި ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Advertisement

ރޭ ބޭއްވި ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގއ. ވޮޑަމުއްލާ މައްސަލައިގައި އެމަނިކުފާނަށް ތުހުމަތު ކުރެވުނު ކަންތައްތަކުގައި އޭރުގެ ސަރުކާރުގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ މުހައްމަދު ރިޔާޒު އަށާއި ޕީޖީ ބިޝާމްއަށް، އެ ބޭފުޅުން އެ ވިދާޅުވާ ޗެކެއް ނެތް ކަން އެނގި ހުރެ ރައީސް ސޯލިހްގެ އަމުރަށް ރައީސް ޔާމީން ޖަލަށް ލި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ހުކުމް އިއްވި ފަނޑިޔާރު އަހުމަދު ޝަކީލް އެ ބޭފުޅާއަށް އެކަމުން "ޞަދަގާތް" އާއި އެކީގައި މިހާރު ހުންނެވީ މެލޭޝިއާގައި ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިފަދަ ނުހައްގު ހުކުމް އިއްވާފައިވާ ބޭފުޅުންގެ މައްސަލަތައްވެސް ބެލެން ޖެހޭނެ ކަމަށް ގޮވާލާފައެވެ.

ކަނޑައެޅިގެން ރިޔާޒަށް އިގޭނެ އެ ބުނާ ޗެކެއް ނެތްކަން މިތާ، ކަނޑައެޅިގެން ޕީޖީ ނިޝާނަށް އިގޭނެ އެ ބުނާ ޗެކެއް ނެތް ކަން. އެކަމަކުވެސް ރައީސް ސޯލިހް ބޭނުންފުޅުވީ އަޅުގަނޑު ޖަލުގައި ބާއްވަން. އެ ދެ މުއައްސަސާ އިން އެއްބާރުލުންދީގެން ފަނޑިޔާރުންނާއި ގުޅިގެން ކުރި ކަމެއް މިއީ

ރައީސް ޔާމީން ވިދާޅުވިއެވެ.

ފުލުހުން ހިންގާ ތަހުގީގުތަކުގައި ދައުވާ އުފުލުމުގެ ކުރިން ހަމަނުޖެހޭ ކަންތައްތައް ހިމެނޭނަމަ އެ ކަންތައްތައް ބެލުމުގެ ޒިންމާ ޕީޖީގެ ބޮލުގައި އެޅިފައިވާ ކަމަށާއި ޕީޖީ އަކީ ހަމައެކަނި ދައުލަތުގެ ޕީޖީއެއް ނޫން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި ޕީޖީ އަކީ ރައްޔިތު މީހާގެ ދިފާއުގައި ހުންނަން ޖެހޭ މީހެއްކަން ހަނދާންކޮށްދެއްވާފައިވެއެވެ.

އެހެންކަމުން މި ދެ މުއައްސަސާއާއި ފަނޑިޔާރުން ގުޅިގެން ނާއިންސާފުން ހުކުމްތައް ތަންފީޒުކުރަމުންދާތީ ރާއްޖޭގައި އަދުލު އިންސާފުގެ ނިޒާމު އޮތީ ފެއިލްވެފައި ކަމަށް ރައީސް ޔާމީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved