April 3, 2026
Advertisement
ނިރުބަވެރި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދޭ ޗާލީ ކާކްއަށް ހަމަލާދީ މަރާލައިފި
ނިރުބަވެރި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދޭ ޗާލީ ކާކްއަށް ހަމަލާދީ މަރާލައިފި / ސޯޝަލް މީޑިއާ

ނިރުބަވެރި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދޭ ޗާލީ ކާކްއަށް ހަމަލާދީ މަރާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 11, 2025, 09:03 PM
މާލެ ސިޓީ

ނިރުބަވެރި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދޭ އެމެރިކާގެ ސިޔާސީ މީހެއް ކަމަށްވާ ޗާލީ ކާކްއަށް ހަމަލާދީ މަރާލައިފިއެވެ.

Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެކުވެރިއެއް ކަމަށްވާ ނުފޫޒު ގަދަ އެކްޓިވިސްޓް ޗާލީ ކާކް މަރާލީ ބަޑިން ދިން ހަމަލާއެއްގައެވެ. އެވަގުތު އޭނާ އިނީ އެމެރިކާގެ ޔޫޓާ ވާލީ ޔުނިވާސިޓީގެ އިވެންޓެއްގައި ވާހަކަ ދައްކަންށެވެ. އޭނާ މަރާލީ 200 މީޓަރު ދުރުގައި ހުރި އިމާރާތަކުން ބަޑި ޖަހައިގެން ކަމަށް އެމެރިކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބަޑިޖަހާފައިވަނީ ލޫސީ ސެންޓަރުގެ ފުރާޅުންނެވެ. ބަޑިޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މީހަކު ދުވެފައިދާ ހިޔަނި ފެނިފައިވާ ކަމަށް ރިޕޯޓްގައިވެއެވެ. އޭނާ މަރާލާފައި ވަނީ ވާހަކަ ދައްކަން ފެށިތާ ގާތްގަޑަކަށް 20 މިނެޓް ފަހުންނެވެ.

އެ ހަމަލާ ދިންކަމުގެ ތުހުމަތުގައި މީގެ ކުރިން ދެ މީހަކު ހައްޔަރު ކުރި ނަމަވެސް އެ ހާދިސާއާއި އެ މީހުންނާ އެއްވެސް ގުޅުމެއް ނެތްއިރު ހަމަލާ ދިން ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް އަންނަނީ ކުރަމުންނެވެ.

ފުލުހުން އަދިވެސް ތިބީ ޔޫޓާ ޔުނިވާސިޓީގެ ކެމްޕަސް ތެރޭގައި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

ކަނާތުފިޔައިގެ ފިކުރަށް ތާއީދުކުރާ ކާކްގެ މަރާ ގުޅިގެން އޭނާގެ ގާތް އެކުވެރިޔާ ޑޮލަޑް ޓްރަމްޕު ބުނެފައިވާ ގޮތުގައި، ކާކްގެ މަރުގެ މައްސަލައިގައި ބައިވެރިވި އެންމެންގެ އިތުރުން 'ސިޔާސީ އަނިޔާވެރިކަން' ހިންގާފައިވާ އެހެން މީހުންވެސް ހޯދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން މިއީ އެމެރިކާއަށް އަނދިރި ވަގުތެއް ކަމަށްވެސް ޓްރަމްޕު ބުނެފައިވެއެވެ.

ކާކް އަކީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަމަލުތަކަށް ތާއީދުކޮށް ވާހަކަދައްކާ މީހެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved