theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
އަހަރު ނިމެން ބާކީ ތިން މަސް، ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން އަދިވެސް ކުރަނީ މަޝްވަރާ!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
11 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ މިއަހަރު ތެރޭގައި ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު އަހަރު ފެށުނީއްސުރެ އެކަމަށް ކުރަމުންދާ މަޝްވަރާތައް އަދިވެސް ނުނިމޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހް މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރު ބޮޑުކުރަން ބުނި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށް މިހާރު ކުރިއަށްދަނީ މަޝްވަރާ ކުރުމާއި އެކަމާ ގުޅިގެން ހިންގާ ފަންނީ މަސައްކަތްތައް ކަމަށް ނާސިހް ވަނީ މީޑިއާއަށް މައުލޫމާތު ދެއްވާފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕޭހަމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިވިލް ސާވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުވާނެ ކަމަށެވެ.

ނަމަވެސް، މުސާރަ ބޮޑުކުރުމަށް މަޝްވަރާ ކުރުން ފިޔަވައި އިތުރު މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާ ތަނެއް ފެނިގެން ނުދެއެވެ. މުސާރަ ބޮޑު ކުރާނެ ކަމުގެ އުއްމީދުގައި ތިއްބެވި ސިވިލް ސާވިސް މުވައްޒަފުން މިއީ ނުވާނެ ކަމެއްގެ ގޮތުގައި މިހާރު ގަބޫލުކުރާ ވަރަށް ސަރުކާރުން ވަނީ މި މަސައްކަތުގެ ސްޕީޑް ދަށްކޮށްލާފައެވެ.

ޕޭ ކޮމިޝަނުން އެ މަސައްކަތް ކުރަމުންދަނީ. ފުޅާ ދާއިރާއެއްގައި މަޝްވަރާ އެބަކުރޭ. އަޅުގަނޑުމެންނާ ވެސް ބައްދަލުކުރި

- މީޑިއާއާއި މައުލޫމާތު ދެއްވަމުން ނާޞިހް ވިދާޅުވިއެވެ.

ސަރުކާރުން މި އަހަރުގެ ބަޖެޓު ހުށަހެޅިއިރު، އެކި ދާއިރާތަކުން މުސާރަ އެއް ހަމަ ކުރުމަށް 500 މިލިޔަން ރުފިޔާ ހިމެނި ނަމަވެސް އަހަރު ނިމެން ތިން މަހަށް ވެފައިވާއިރުވެސް ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކޮށްފައެއް ނުވާކަން ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒު ރައްޔިތުންނަށް ވަމުންދާ މިފަދަ ވައުދުތައް ނުފުއްދި ރައްޔިތުން ސަރުކާރަށް ކުރަމުންދާ އިތުބާރާއި ޔަގީންކަން ވަނީ ގެއްލިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved