

ދިވެހިރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމަށާއި މިފަދަ މައްސަލަތައް ނުބެލިގެން އުޅެނީ ކޮން ބަޔަކަށް ބައި އެޅޭތީތޯ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ކޮރަޕްޝަން ވާހަކައަކީ ހަމައެކަނި ޕީއެންއެފްގެ ޖަލްސާތަކުގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި މިއީ މިހާރު މި ގައުމުގެ ހުރިހާ ރައްޔިތުންވެސް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި އުޅޭ ފަރާތްތަކުގެ ތެރޭގައު ރައްޔިތުންގެ މަޖިލީހުގެ އެންމެ މަތިން ފެށިގެން ހުރިހާ ގިންތިއެއްގައި އުޅޭ ފަރާތްތައް ހިމެނޭ ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މި ފަހުން ނެރުނު މެންބަރުންގެ އާންމުކޮށްފައިވާ މާލީ ބަޔާންތަކާއި އެ ބޭފުޅުން ދައްކަވަމުންދާ ވާހަކަތަކާއި ދިމާކޮށްލުމުގެ ފެންވަރުވެސް ފަލާހްމެން ފަދަ މެންބަރުންނަށް އެގިނުލައްވާ ކަމަށެވެ.
ކޮރަޕްޝަންގެ އިންތިހާ ތަނެއް މިހާރު ރާއްޖެއަކީ، ކޮރަޕްޝަންގެ މީހުން ތެރޭގައި މަޖިލިސް ވެސް އެބަ ހިމެނޭ. އޭގެ ތެރޭގައި މަޖިލީހުގެ އެންމެ މަތިން ފެށިގެން ހުރިހާ ގިންތިއެއްގައި އުޅޭ ފަރާތްތައް އެބަވޭ. ބޮޓޭކޯ މެން ފަދަ މީހުންނަށް ނޭގުނު މާލީ ބަޔާންތައް އެމީހުން އެ ބުނާ ގޮތާއި ދިމާކޮށްލަންވެސް
މުއިއްޒަށް ގާބިލުކަމަށް ފެންނަނީ މިފަދަ މީހުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން، ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ހއ. އުތީމުގައި އިބްރާހީމް ޝުޖާއު އިސްވެހުރެ ދިން ރަސްމީ ޖާފަތަށް 3 މިލިއަން ރުފިޔާ ޚަރަދުކުރި ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިލައްވާފައިވާ ކަމަށާއި މިއީ މުއިއްޒަށް ހެޔޮ ވަރުތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
މިއާއި އެކު ވެރިކަން ކުރުމަކީ ޕީއެންސީ ބޮޓުން ލައްވާ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުވުން ނޫން ކަމަށާއި މިއީ ހިލްމާއި އިލްމު ލިބިގެން ކުރެވޭނެ ކަމެއް ކަން ރައީސް ޔާމީންގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.