ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ދިޔަ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ލިބޭ އާމްދަނީއާ އަދި އެ ކުންފުނިތަކަށް ވަންނަ ފައިސާއަށް ވާގޮތެއް އޮޑިޓަރ ޖެނެރަލް ބަލަން ޖެހޭ ނެ ކަމަށާ އޯޑިޓަރ ޖެނެރަލްގެ އޮފީހުން ދެ އަހަރު ވެގެންދާއިރު އޮޑިޓުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކޮންމެ ކަމެއް ކުރިނަމަވެސް އެކަމެއްގެ ފަހަތުގައި އޮންނަނީ ވައްކަން ކަމަށާ އެ ޖަރީމާތައް ހިންގާ މީހުންގެ މައްސަލަ ނުވެސް ބެލޭނެ ކަމަށެވެ. ސަބަބެއް ކަމުގައި އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ބައިވެރިވުން އެފަދަ ކަންކަމުގައި އޮތުން ކަމަށެވެ.
އީސް ޔާމީން ވިދާޅުވީ، ޑިޖިޓަލައިޒްކުރަން މި ސަރުކާރުން މަސައްކަތް ފެށި ކަމަށް ބުނާއިރު އެ މަސައްކަތަކީ މީގެ ކުރީ ސަރުކާރުތަކުން ފައްޓާ ކުރިއަށް ގެންގޮސްފައިވާ ކަންކަމަށެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއުގެ މަސްލަހަތު އޮންނަ ކުންފުނިތަކަކާ ގުޅޭ ގޮތުން ތިލަވެގެން އުޅޭ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރިޕޯޓުން ހާމަވާން އޮތީ މި ސަރުކާރުގެ އުފެދުމުގެ އަސްލު ކަމަށެވެ.
ގައުމުގައި މިހާރު ވެރިކަމުގެ ކޮއިލުގައި ތިބީ އެކަކަށް ދޫނުކުރާވަރުގެ ބޮޑެތި ވަގުންކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ބައިތުލްމާލުން ބޮޑެތި ބިޔަ ވައްކަންތައް ކުރި ނަމަވެސް އެއިން މައްސަލައެއް ނުބަލާ ކަމަށާ ނުވެސް ބެލޭނެ ކަމަށެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މެމްބަރު ޒިޔާދު ވިދާޅުވީ ގައުމުގެ ގިނަ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އާސިފް މިފަދައިން ވިދާޅުވެފައިވަނީ ހޯމަ ދުވަހުގެރޭ ބޭއްވި ދަ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ގިނަ އަދަދެއްގެ ވަޒީފާ އާއި ޕްރޮމޯޝަން ދެމުންދާކަމުގެ ވާހަކަ ދެކެވެމުން އެބަދެއެވެ.
ރިޕޯޓުތައް ސައްހަ ކަމަށް އެއްބަސްވެވަޑައިގެންނެވި ނަމަވެސް ރައީސް ވިދާޅުވީ އެއީ ފުލުހުންގެ ޑްރާފްޓެއް ކަމަށް
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފިޔަވަޅުތައް އަޅަން ނިންމެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ސަރުކާރުގެ ކުންފުނި ތަކަށް މީހުން އައްޔަނު ކުރަން މަސައްކަތް ކުރަމުންދާ މަންޒަރެވެ.