February 23, 2026
Advertisement
މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 575 މިލިއަނުން އިތުރު!
މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 575 މިލިއަނުން އިތުރު! / ރައީސް އޮފިސް

މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 575 މިލިއަނުން އިތުރު!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 14, 2025, 09:51 PM
މާލެ ސިޓީ

ދައުލަތުގެ ބަޖެޓުން މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 575 މިލިއަނުން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު އެތައް ސަތޭކަ މިލިއަނުން އިތުރުވެފައިވާކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި މާލީ ހިސާބުތަކުންނެވެ.

އާންމުކޮށްފައިވާ މި މަހުގެ ހަތަރަކާއި ހަމައަށް ދައުލަތުން ކުރި ހަރަދުތަކާއި ލިބުނު އާމްދަނީގެ ހިސާބުތައް އާންމުކޮށްފައިވާއިރު، އެހި ސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު 4، އާއި ހަމައަށް މުސާރައާއި އިނާޔަތްތަކަށް އަދި ޕެންޝަނަށް ކުރި ހަރަދު ކުރީ ޖުމްލަ 9.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 575.4 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު މުސާރައަށް ހަރަދުކުރީ 4.3 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރަށް ވުރެ 300 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މީގެ އިތުރުން އިނާޔަތްތަކަށް މި އަހަރު 3.8 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު މިއީ މިދިޔަ އަހަރަށް ވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި 65 އަހަރު ފުރުމުން ދޭ އިނާޔަތް ހިމެނޭހެން ޕެންޝަނަށް މި އަހަރަ ހަރަދުކުރީ 1.4 ބިލިއަން ރުފިޔާއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved