theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އާޒިމް / މާލެ ސިޓީ ކައުންސިލް
ސިޔާސީ
ބެނަރ ހަރު ކުރަންވެސް ރާއްޖެ ހަމަ މަގަށް އަޅުވަން ވެސް ނިކުންނާނަން: އާޒިމް
Mariyam Isaadha
މަރިޔަމް އިސާދާ
27 ސެޕްޓެމްބަރު 2025
މާލެ ސިޓީ

އެމްޑީޕީއިން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ އެއްވުމުގެ ބެނަރތައް މާލެ ސިޓީ ކައުންސިލުން މޭޔަރ އާދަމް އާޒިމް މާލޭގައި ނެތީސް ނެގުމުން އެމަނިކުފާނު ނުރުހުން އަމާޒުކުރައްވައިފިއެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ ބެނާތައް ނެގިކަން އެނގިވަޑައިގަތީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ކަމަށެވެ.

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީ ހިމެނޭހެން ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސްއަޅައިގެން ނުވާނެއެވެ.

އެމްޑީޕީގެ ބެނަރތައް ކެނޑި މައްސަލައިގައި އާޒިމްގެ ނުރުހުން އަމާޒުކުރައްވާ ވިދާޅުވެފައިވަނީ، އޮންނަ އުސޫލުގެ ތެރެއިން ބެނާތައް ހަރުކުރެވެން ޖެހޭނެ ކަމަށާއި އަލުން ބެނާތައް ހަރުކުރުމުގައި އޭނާ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެ ހަމަ މަގަށް އަޅުވަން އެމްޑީޕީން ބާއްވާ ބޮޑު އެއްވުމުގައި ވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެއެވެ.

މޭޔަރ އާޒިމް މާލޭގައި ނެތީސް، އެ ބެނަރތައް ނެގީ މާލޭގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ އެންގެވުމަށް ކަމަށްވެއެވެ. މުވައްޒަފުން ލައްވައި އެ ބެނާތައް ނެގީ އެ ކައުންސިލްގެ ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޝަމްހޫޒާ އަހްމަދެވެ.

ޝަމްހޫޒާއަކީ ރައީސް މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ވެސް މެއެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ ރައީސް މުއިއްޒުގެ އެންގެވުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved