April 22, 2026
Advertisement
.
. / އެޑިއުކޭޝަން މިނިސްޓްރީ

ސުކޫލުތަކުގެ އޭސީ މަޝްރޫއު ސެޕްޓެމްބަރަކަށް ނުނިންމުނު!

Yana Shareef
ޔާނާ ޝަރީފް
Oct 1, 2025, 11:10 PM

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް މިދިޔަ މަހުގެ ނިޔަލަށް މަޝްރޫއު ނުނިންމުނުކަން ހާމަވެެއްޖެއެވެ.

Advertisement

މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ރ. ހުޅުދުއްފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން އަށް ވަރަކަށް މަސް ދުވަސް ތެރޭގައި އެއްކޮށް ނިމޭނެ ކަމަށެވެ.

އޭގެ ފަހުން ޖޫން 12، ގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްތަކަށް އޭސީތައް ފޮނުވައި އޭސީތައް ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރ ބުދަ ދުވަހު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ކަމަށާއި ސްކޫލްތަކަށް ބޭނުންވާ އޭސީގެ ފުރަތަމަ ޝިޕްމަންޓަށް މިހާރު ފެނަކައިން އޯޑަރުވެސް ޖަހާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ހޫނު ގަދަ ކްލާސް ރޫމްތައް ފިނި ކުރަން އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އޭރު ރައީސް މުއިއްޒު ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިން ބައިވެރިވާން ބޭނުންވާ ނަމަ އެކަމަށް އެމަނިކުފާނެ މަރުހަބާ ކިޔުއްވާނެ ކަމަށެވެ. ނަމަވެސް އޭސީ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަނާ އެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުން ޖުމްލަ 3،704 ކްލާސްރޫމް އޭސީ ކުރާން ނިންމިއެވެ. އަދި އެތަންތަނަށް އޭސީ ސަޕްލައިކޮށް ހަރުކުރަން ފެނަކައާ ހަވާލުކުރީ 55 މިލިއަން ރުފިޔާ އަށްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved