theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މަސް މާރުކޭޓު މައްސަލަ ބަލަން އޮތް ޖަލްސާގެ އެޖެންޑާ މުއިއްޒުގެ ކައުންސިލަރުން ފާސްނުކުރި! / ތޭރަގްރެފިކްސް
ހަބަރު
މަސް މާރުކޭޓު މައްސަލަ ބަލަން އޮތް ޖަލްސާގެ އެޖެންޑާ މުއިއްޒުގެ ކައުންސިލަރުން ފާސްނުކުރި!
01 އޮކްޓޯބަރު 2025
މާލެ ސިޓީ

މޭޔަރު މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދިން މަސް މާރުކޭޓުގެ މައްސަލަ ބަލަން ވަލުކުރި ސިޓީ ކައުންސިލްގެ ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލަރުން ވޯޓު ނުދިނުމުން އަނެއްކާވެސް މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފިއެވެ.

މީގެ ކުރިން ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން މޭޔަރު މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދިން މަސް މާރުކޭޓުގެ މައްސަލަ ބަލަން މަސައްކަތްކުރުމުން ކައުންސިލަރުން ނުދާތީ ކޯރަމް ހަމަނުވެގެން މައްސަލަ ނުބެލި ވަނީ ލަސްކުރަން ޖެހިފައެވެ.

އެކަން އެހެން އޮއްވާ މިއަދު ތާވަލް ކުރި މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 214 ވަނަ ޖަލްސާގެ އެޖެންޑާގެ ފަސްވަނަ ނަންބަރެއްގެ ގޮތުގައި ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ބަޔަކާ ހަވާލު ކުރި މައްސަލަ އޮތްއިރު ޖަލްސާ ފެށުމާއެކު ޕީއެންސީގެ ކައުންސިލަރަކު ހުށަހެޅުއްވީ އެ ނަންބަރު އެޖެންޑާއިން އުނިކުރުމަށް ފަހު ޖަލްސާ ކުރިއަށްގެންދިޔުމަށެވެ. ޖަލްސާގައި ވާހަކަ ދެއްކެވި ޕީއެންސީގެ މެންބަރުން ވަނީ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން ކޮށްފައިވާ އެގްރީމެންޓަށް ގެނެވިފައިވާ ބަދަލުތަކާއި ގުޅޭގޮތުން އެ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް ކައުންސިލް ޖަލްސާއަށް ހާޒިރުކޮށް ސުވާލު ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

އެ ކަމުގެ ސަބަބެއްގެ ގޮތުގައި ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ދެއްކެވީ އަލީ ނަސީރަކީ ސިވިލް ސާވިސް މުވައްޒަފަކަށް ވުމާއި އޭނާގެ "ފަލީހަތް" ވުމުގެ ފުރުސަތު އޮތުމެވެ. އަދި އެ ނަންބަރު އެޖެންޑާގައި ހިމަނާފައި އޮތީ ބަޔަކު ގަސްތުގައި ރާވައިގެން ހެޑްލައިން ހެދުމަށް ކަމަށް ވެސް ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ތުހުމަތު ކުރެއްވިއެވެ.

ޖަލްސާގެ އެޖެންޑާއާ މެދު ބަހުސް ކުރުމަށް ފަހު ނެގި ވޯޓުގައި އެޖެންޑާ ފާސްކުރުމަށް ވޯޓު ދިނީ ހަތަރު ކައުންސިލަރުންނެވެ. ޕީއެންސީއަށް ނިސްބަތްވާ 11 ކައުންސިލަރުން ވޯޓު ދިނީ އެޖެންޑާ ފާސްކުރުމާ ދެކޮޅަށެވެ. އެހެންވެސް، މޭޔަރު އާދަމް އާޒިމް ޖަލްސާ ނިންމަވާލެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު މަސް މާރުކޭޓް މަސައްކަތް ބިޑަށް ލައި، އިވެލުއޭޓްކޮށް ކުންފުންޏަކާ އޮތީ ހަވާލުކޮށްފައެވެ. އެއީ 6.1 މިލިއަން ޑޮލަރަށެވެ.

އެކަމަކު އެ މަނިކުފާނު ރައީސް ކަމަށް އިންތިހާބުވި ފަހުން އަދި މިހާރުގެ މޭޔަރު އާދަމް އާޒިމް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ވަނީ އެ އެއްބަސްވުން އުވާލައި އެހެން ކުންފުންޏަކާ އެކު އެއްބަސްވުން ހަދައިފައެވެ. އެ އެއްބަސްވުން ހަދާފައި ވަނީ 9.5 މިލިއަން ޑޮލަރަށެވެ.

އޮރިޖިނަލް އެއްބަސްވުމުގައިވާ އަގަށް ވުރެ 3.5 މިލިއަން ޑޮލަރު ބޮޑުކޮށް އެހެން ބަޔަކަށް މަސައްކަތް ހަވާލުކުރި އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ލީގަލް އޮފިސަރު އަލީ ނަސީރެވެ.

އެހެންވެ، އޭނާ ޖަލްސާއަށް ހާޒިރުކޮށް އެކަން ހިނގާފައިވާ ގޮތް ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވަނީ ހުށަހަޅުއްވައިފައެވެ. އެއީ އާ އެއްބަސްވުމެއް ހަދަން ނުވަތަ އާ އެއްބަސްވުމާ ގުޅޭ އެެއްވެސް ކަމަކަށް ކައުންސިލުން ރުހުންދީފައިނުވާތީ އާއި ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ ގޮތަށް އާ އެއްބަަސްވުމެއް ހެދުމާއި އަގަށް ބަދަލު ގެނައުން ހުއްދަ ނުކުރާތީއެވެ.

އެހެންވެ ވަކި ބަޔަކަށް ނުހައްގުން މަންފާއެއް ހޯދައިދޭން އުޅޭ ކަމަށް ތުހުމަތުވާ އެ މައްސަލަ ކުރިއަށް ގެންދިއުމަށް 31 އޮގަސްޓުގައި ތާވަލުކުރިޔަސް އެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ނުބޭއްވުނު ކަމަށް ސައިފް ވިދާޅުވިއެވެ.

ނަމަވެސް މުއިއްޒުގެ މޭޔަރު ކަމުގައި ހިންގާފައިވާ އެ ކޮރަޕްޝަންގެ މައްސަލަ އެޖެންޑާކުރުމާ އެކު ޕީއެންސީގެ ކައުންސިލަރުން ވަނީ ޖަލްސާ ބޮއިކޮޓްކޮށް ކޯރަމް ގެއްލުވާލާފައެވެ. ބޭނުމަކީ މުއިއްޒުގެ މޭޔަރު ކަމުގައި ހިންގި އެ ކޮރަޕްޝަންގެ މައްސަލައިގައި ހިންގާފައިވާ ޖަރީމާތައް އިތުރަށް ތިލަވެދިޔަ ނުދިނުމެވެ. ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް މުއިއްޒުގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ގެއްލިދާނެތީ އެކަން ވިޔަނުދިނުމަށެވެ.

ޕީއެންސީގެ ކައުންސިލަރުން މަސް މާރުކޭޓްގެ މައްސަލާގައި އަމަލުކުރަމުންދާ ގޮތުންވެސް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް މާލޭގެ މޭޔަރުކަމުގައި މުއިއްޒު ހުންނަވާ ހިންގާފައިވާ ކަމަށް އިތުރަށް ބާރު ލިބެއެވެ. ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިނުވާނަމަ އެ މައްސަލަ ބެލުން ހުއްޓުވަންޖެހޭ ސަބަބެއް ނޯންނާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved