April 9, 2026
Advertisement
ރައީސް މުއިއްޒު އަދި މިނިސްޓަރު ޒަމީރު
ރައީސް މުއިއްޒު އަދި މިނިސްޓަރު ޒަމީރު / ރައީސް އޮފިސް

ދައުލަތުގެ މާލީ ހިސާބުތައް އާންމުކުރުމުގައި ލަސްކުރުން އާދަޔަކަށް ހަދައިފި

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 09:15 AM

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު ނެރޭ މާލީ ރިޕޯޓު އާންމުކުރުން ލަސްކުރަން ފަށައިފިއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ވީކްލީ ފިސްކަލް ރިޕޯޓު ނެރުނީ ސެޕްޓެމްބަރު 23، ގަ އެވެ. އެ ފަހަރު އާންމުކުރީ އެ މަހުގެ 18، އާ ހަމައަށް ހިނގާފައިވަ ހަރަދުތަކާއި ލިބުނު އާމްދަނީގެ ތަފްސީލްކަން ފާހަގަކޮށްލެވެއެވެ.

މިއީ މީގެ ކުރިން ހަފުތާއަކު އެއްފަހު ނެރުމުން އައި މާލީ ބަޔާންތައް ހާމަކުރުން މި ސަރުކާރުން ހުއްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރު އަދި މިދިޔަ އަހަރުގެ ތެރޭ އެކި ފަހަރުމަތިން މި ހިސާބުތައް ހާމަކުރުން ހުއްޓާލައިފައިވެއެވެ.

އެގޮތުން މި އަހަރުގެ ޖޫން އަދި ޖުލައި މަހު ތިން ހަފުތާގެ މާލީ ހިސާބުތައް ހާމަނުކޮށް މެދުކަނޑިލިއެވެ. މި އަހަރުގެ މާޗު މަހު ސަރުކާރުން ރޯދަ މަހުގެ ފަހު 10 ގެ ޗުއްޓީއަށް ދިޔައީ ދެ ހަފުތާގެ މާލީ ހިސާބުތައް ހާމަނުކޮށެވެ. މީގެއިތުރުން މި އަހަރުގެ އެޕްރީލް މަހު ދެ ހަފުތާއަށް މާލީ ހިސާބުތައް ހާމަނުކޮށް މެދުކަނޑާލި އިރު މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން އޮގަސްޓު 29، 2024، އާ ހަމައަށް ދައުލަތުގެ މާލީ ހިސާބުތައް އާންމުކޮށްފައިނުވެއެވެ.

މިދިޔަ އަހަރު ތިން މަހަށް ހިސާބުތައް ސިއްރުކުރިއިރު، އެ މައުލޫމާތު ހާމަކުރަން އެދުމުން އެ ދުވަސްވަރު ސަރުކާރުން އެތައް ބަހަނާއެއް ދެއްކި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved