February 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

500 މިލިއަން ޑޮލަރުގެ ސުކޫކުގެ މި މަހުގެ ޕޭމަންޓު ދައްކައިފި

Yana Shareef
ޔާނާ ޝަރީފް
Oct 8, 2025, 07:54 PM

2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރު މަހުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި 24.6 މިލިއަން ޑޮލަރު މިނިސްޓްރީ އޮފް ފިނޭންސުން ދައްކައިފިއެވެ.

Advertisement

މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުގައި ކަމަށާއި، މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައި ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. އަދި މުއްދަތު ހަމަވާއިރު، އެންމެފަހުގެ ކޫޕަން ފައިސާގެ ގޮތުގައި 25 މިލިއަން އެމެރިކާ ޑޮލަރާއި، މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު ދައްކައި ނިންމާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިހާތަނަށް ވެސް 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނެގި ސުކޫކަށް ދައްކަންޖެހޭ ކޫޕަން ޕޭމަންޓުތައް ވަނީ ގަވާއިދުން ދައްކަމުން ގެންގޮސްފައެވެ. އަދި ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަދި ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved