theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
... / ސޯޝަލް މީޑިއާ
ހަބަރު
ރިޝްވަތު ހޯދަން އުޅުނު ކަސްޓަމްސްގެ ކުރީގެ ވެރިއެއް މައްޗަށް ދައުވާކުރަން ފޮނުވައިފި
Yana Shareef
ޔާނާ ޝަރީފް
13 އޮކްޓޯބަރު 2025

ރިޝްވަތު ހޯދަން އުޅުނު މައްސަލައެއްގައި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެއްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅައިފި އެވެ.

އޭސީސީން ބުނީ ރިޝްވަތަށް އެދުމުގެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، ހ. ނިއުހެޕިނަސް، މުއާޒް އަލީގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ- އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކުރި ނަމަވެސް އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ކަސްޓަމްސް އިން ބަލަން ފެށުމުން ސިނގިރޭޓު އެތެތެކުރި ކުންފުންޏަށް ފަހިވާ ގޮތަށް މައްސަލަ ނިންމުމުގެ ބަދަލުގައި އެ ކުންފުނީގެ ދެ މީހެއްގެ ފަރާތުން މުއާޒް ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދާފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ފޮނުވާފައި ވަނީ، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ ކުރުމަށެވެ.

އޭސީސީ އިން މުއާޒްގެ ތަހްގީގު ފަށައި އޭނާގެ ފޮޓޯ އަދި އޯޑިއޯ ސާމްޕަލް ދިނުމަށް އެންގުމުން އޭނާ ވަނީ ހަނުހުރުމުގެ ހައްގުގެ ދަށުން ފޮޓޯ އާއި އޯޑިއޯ ދޭން ދެކޮޅު ހަދައިފަ އެވެ. ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ދޭން މުއާޒް ދެކޮޅު ހެދި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމީ މިއްސަލައިގައި ދައުލަތުން މުޢާޒުގެ މައްޗަށް ދަޢުވާ އުފުލުމަށް ނިންމައިފިނަމަ އަދި އެހާތަނަށް މުއާޒުގެ ރުހުމާއެކު އޭނާގެ ފޮޓޯ އަދި އޯޑިއޯ ސާމްޕަލް ތަހުޤީޤުކުރާ ފަރާތަށް ލިބިފައިނުވާނަމަ އެ ސާމްޕަލްތައް ދިނުމަށް މުއާޒު އިންކާރު ކުރިކުރުމަކީ ގާނޫނީ ގޮތުން ބަލައިގަނެވޭ ޢުޒުރެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ އެ މައްސަލައިގެ ޝަރީއަތުގައި ކަމަށް ނިންމާފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved